ads
ފޮރިން މިނިސްޓަރު ޝާހިދު--
ރާއްޖޭގެ ތަރައްގީގައި ޖަޕާނަކީ ހާއްސަ މަގާމެއް ލިބިފައިވާ ގައުމެއް: ޝާހިދު
ރާއްޖޭގެ ތަރައްގީގައި ފާއިތުވި ފަންސާސް އަހަރުގައި ޖަޕާނަކީ ހާއްސަ މަގާމެއް ލިބިފައިވާ ގައުމެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

ޖަޕާނުން ދިވެހި ކޯސްޓުގާޑަށް 117 މިލިއަން ރުފިޔާގެ އެހީ ފޯރުކޮށްދިނުމަށް މިއަދު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝާހިދު ވަނީ ޖަޕާނުގެ ބޮޑުވަޒީރު ސުގާ ޔޮޝިހީޑޭ އާއި ފޮރިން މިނިސްޓަރު މޮޓޭގީ ޓޮޝިމިޓްސޫ އަދި ސަފީރު ޔަނާއީއަށް ޝުކުރު ދަންނަވާފަ އެވެ.

"ތައުލީމާއި އިޖުތިމާއި ތަރައްގީ، ސިނާއީ އަދި އިގްތިސާދީ ތަރައްގީ، ޑިޒާސްޓާ މެނޭޖްމަންޓް، މިޓިގޭޝަން އަދި މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުން ފަދަ ދާއިރާތަކުން ދިވެހިންނަށް ފާހަގަކުރެވޭ ފަދަ ކުރިއެރުމް ހޯދުމަށް ޖަޕާނުގެ ހިލޭ އެހީ ވަނީ ބޮޑު ދައުރެއް އަދާކޮށްފައި،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ފާހަގަކުރެއްވި ގޮތުގައި މިހާރު ދިމާވެގެން އުޅޭ ކޮވިޑް-19 ބަލިމަޑުކަމުގައި ވެސް އެންމެ ފުރަތަމަ ރާއްޖެއަށް އެހީވެދިނުމަށް އައި ގައުމުތަކުގެ ތެރޭގައި ޖަޕާނު ހިމެނެ އެވެ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މަސައްކަތް ކުރާނީ މިހާރު އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް، ގިނަ އަހަރުތަކަކަށް ދެމިގެންދޭ އެކުވެރިކަމެއް ގާއިމްކުރަން ކަމަށް ޝާހިދު ވިދާޅުވި އެވެ.

މިއަދު ޖަޕާނުން ފޯރުކޮށްދިން އެހީއަކީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތް ކުރުމަށާއި ކަނޑުމަތީގެ ހާދިސާތަކުގައި މީހުން ސަލާމަތް ކުރުމުން މުހިއްމު އެހީތަކެއް ކަމަށް ވިދާޅުވެ، ޝާހިދު ޝުކުރު ދެންނެވި އެވެ.

ފޮރިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތުގައި އެކްސްޗޭންޖް އޮފް ނޯޓްސްގައި ސޮއިކުރެއްވީ ޝާހިދު އަދި ޖަޕާނު ސަފީރު ކެއިކޯ ޔަނާއީއެވެ.

ޖުމްލަ 117 މިލިއަން ރުފިޔާގެ މި އެހީއަކީ ޖަޕާން ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ކޯސްޓުގާޑާއި މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ދިން އެހީއެކެވެ.

ޖަޕާން ސަރުކާރުގެ މިއެހީގެ ދަށުން ކޯސްޓްގާޑާއި، މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުގެ އިތުރުން ސަބް ރީޖަނަލް ސެންޓަރުތަކާ ކޯސްޓްގާޑު އުޅަނދުފަހަރުގެ ގާބިލްކަން އިތުރު ކުރެވޭނެ އެވެ.

އެގޮތުން އެންމެ ފަހުގެ މުވާސަލާތީ އާލާތްތަކާއި، މީހުން ހޯދާ ސަލާމަތްކުރުމުގައި ބޭނުންކުރާނެ އާލަތްތަކުގެ އިތުރުން ކޯސްޓްގާޑަށް ބޭނުންވާ ޑައިވް އިކުއިޕްމަންޓް ހޯދޭނެއެވެ. 

ޖަޕާނަކީ ރާއްޖޭގެ ތަރައްގީގެ ބޮޑު ބައިވެރި އެކެވެ. އެގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުވެސް ޖަޕާނުން ވަނީ 21 ޕެރަމެޑިކް އެމްބިއުލާންސް ރާއްޖެއަށް ހަދިޔާކޮށްފައެވެ. 1.4 މިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި މި އެހީގެ ދަށުން ހަދިޔާކުރި އެމްބިއުލާންސް 15 އަތޮޅެއްގެ 21 ރަށަށް ވަނީ ހަދިޔާކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް