ads
ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު
މައިމޫނާއަކަށް ނުބަލާނަން، މަގުމަތީގެ ހަރަކާތް ހިންގާނަން: ޝުޖާއު
ރައީސް ޔާމީން ޖަލަށްލިތާ އަހަރެއްވާ ދުވަހު އިދިކޮޅުން މަގުތަކަށް ނިކުންނަނީ
ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު އަންގަވާ އެންގެވުންތަކަށް ބޯނުލަނބާނެ ކަމަށާއި އިދިކޮޅުން ހަރަކާތްތައް ހިންގާނެ ކަމަށް ޕީއެންސީގެ ނައިބް ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝުޖާއު ވަނީ ރަށްރަށަށް ނޭރޭ މައްސަލައާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބޭނުންފުޅުވެލައްވާ ވަގުތެއްގައި އެމަނިކުފާނަށް ހޯރަފުއްޓަށް ވަޑައިގެންނެވުން ނަމަވެސް ރައްޔިތުންނަށް އެކަން އެގޮތަށް ނުކުރެވޭތީ ޝުޖާއު ވަނީ އެކަމުގައި އެޗްޕީއޭއަށް ފާޑުކިޔުން އަމާޒުކުރައްވާފަ އެވެ. 

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަކީ ހަމައެކަނި އިދިކޮޅުގެ މައްޗަށް ވާރުތަކޮށްފައި އޮތް ތަނެއް ނޫން ކަމަށާއި އެމްޑީޕީގެ މައްޗަށް ވެސް އެތަން ހިނގަންޖެހޭ ކަމަށް ޝުޖާއު ވިދާޅުވި އެވެ. 

"އެހެންވީމާ މައިމޫނާ ފެއިލްވެފައޭ މިދަންނަވަނީ. މައިމޫނާއަކަށް އަޅުގަނޑުމެން ޕީޕީއެމް، ޕީއެންސީން ދުވަހަކު ވެސް ދެން ނުބަލާނަން. އޭނައަށް ނުބަލާ ދެން އަޅުގަނޑުމެންގެ ހަރަކާތް ހިންގާނީ،"

އޭގެ އިތުރުން ޝުޖާއު ވަނީ އިދިކޮޅުން މަގުތަކަށް ނިކުންނައިރު އެޗްޕީއޭގެ މިންގަނޑުތަކަށް ވެސް އެމްޑީޕީން ނުބަލާހާ ހިނދަކު ނުބަލާނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ދެ ފަރާތަށް ވެސް ތިލަފަތް ހަމަހަމަވާންޖެހޭނެކަން ޝުޖާއު ފާހަގަކުރެއްވި އެވެ. 

ޝުޖާއު ވަނީ ކުރިއަށް އޮތީ ލޯކަލް ކައުންސިލް އިންތިހާބުކަމުން، އެމްޑީޕީއަށް ވެސް ރަށްރަށަށް ދަތުރުކުރެވޭނަމަ އެ ފުރުސަތު އިދިކޮޅަށް ވެސް ލިބެންޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން މިމަހުގެ 28 ވަނަ ދުވަހު މުޅި ރާއްޖެ އެކީ، ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާއި މަގުތަކަށް ނިކުންނަންޖެހޭ ކަމަށް ވިދާޅުވި އެވެ. 

"އަޅުގަނޑުމެން ވެސް ނިކުންނާނަން. ހައްޔަރުކުރިޔަސް، ކޮންމެ ކަމެއް ކުރިޔަސް އަޅުގަނޑުމެން ތިބޭނީ މަގުމަތީގަ އިރާދަކުރެއްވިއްޔާ،" ޝުޖާއު ވިދާޅުވި އެވެ.
25%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
38%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް