ads
މިނިސްޓަރު އިމްރާން އަބްދުﷲ-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް ތާވަލުކޮށްފި
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުބާރު ނެތްކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ މާދަމާގެ ޖަލްސާއަށް ތާވަލުކޮށްފި އެވެ.

މިނިސްޓަރު އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ މެމްބަރުންނެވެ. ޖުމުލަ 11 މެމްބަރުންގެ ސޮޔާއި އެކު މަޖިލީހަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވާއިރު، އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން ވަނީ މިނިސްޓަރު އިމްރާންގެ އިތުބާރު އޮތްކަމަށް މިއަދު ފާސްކޮށްފަ އެވެ. 

މިނިސްޓަރު އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސަށް ދެ ގަޑިއިރު މަޖިލީހުގެ އާންމު ކޮމިޓީން ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން މިނިސްޓަރު އިމްރާނަށް ދިފާއުގައި ވާހަކަ ދެއްކެވުމަށް 10 މިނެޓްގެ ފުރުސަތު ދިނުމަށާއި އަދި ބަހުސްގެ މެދުތެރެއިން އިތުރު 10 މިނެޓް އަދި ބަހުސް ނިމުމުން އިތުރު 10 މިނެޓް ދިނުމަށް އާންމު ކޮމިޓީން ވަނީ ނިންމާފަ އެވެ. 

އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރައްވާފައިވަނީ:

  1. ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
  2. ތ. ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން
  3. މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު
  4. ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު
  5. މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު
  6. ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ  
  7. އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް
  8. ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް
  9. މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގް
  10. ތުރުލްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް
  11. ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް

މިނިސްޓަރު އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ޑރ. އަފްރާޝިމް އަލީގެ މަރުގެ މައްސަލައާއި ރިލްވާނެ މައްސަލައިގައި ދައްކަވާފައިވާ ވާހަކަތަކާއި ގުޅިގެންނެވެ. 

އިދިކޮޅުން ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ހޯމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން ދެއްކެވި ވާހަކަތަކަކީ "ދަށު ދަރަޖައިގެ" ކަންކަން ކަމަށާއި، އަދި އެކަންކަން ބަލައިނުގަންނާނެ ކަަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް