ads
ސާމްޕަލް ނެގުމުގައި ހަރަކާތްތެރި ވަނީ--- ފޮޓޯ: ސީއެންއެމް
އިތުރު މީހަކު ކޮވިޑްގައި މަރުވެއްޖެ
ރާއްޖެއިން އިތުރު މީހަކު ކޮވިޑްގައި މަރުވެއްޖެ އެވެ.

ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ މިއަދު މެންދުރު 2:09 ގައި އުމުރުން 77 އަހަރުގެ ދިވެހި ފިިރިހެނަކު ކޮވިޑްގައި މަރުވެފައިވާ ކަމަށެވެ. 

އެމީހާއަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހެއް ކަމަށް ވެސް އެޗްއީއޯސީން ބުނެ އެވެެ. 

އެއާއެކު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު މިވަނީ 46 އަށް އަރާފަ އެވެ. 

ރާއްޖެއިން އިއްޔެ ޕޮޒިޓިވްވި 32 މީހުންނާއެކު ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 12،578 އަށް އަރާފަ އެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު 11،559 ގައި އުޅޭއިރު ހޮސްޕިޓަލުގައި ފަރުވާދޭ މީހުންގެ އަދަދު ވަނީ 82 އަށް އަރާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް