ads
އަލީ އަޝްފާގު
ނިއުއަށް ޖަހައިދިން މޮޅު ގޯލާ އެކު ދަގަނޑޭ ފައިނަލަށް
އޭއެފްސީ ކަޕުގެ މޮޅު ގޯލު ހޮވުމަށް ހިންގާ އޮންލައިން ޕޯލް- ބްރެކެޓް ޗެލެންޖުގެ ފައިނަލުން ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު ފުރުސަތު ހޯދައިފި އެވެ. ފައިނަލްގެ ޕޯލުގައި ދަގަނޑޭއާ ވާދަކުރާނީ ހޮން ކޮންގުގެ ޗަން ސިއު ކީއާ އެވެ.

ތިން ދުވަހަށް ދިގު ދެމިގެންދިޔަ އޮންލައިން ޕޯލުގައި ވޯޓު ދީފައިވަނީ ދެހާސް ތޭރަވަނަ އަހަރު އިންޑޮނީޝިއާގެ ޕާސިބޯ ކޮޅަށް ރަށުން ބޭރުގައި ނިއުއަށް ދަނގަޑޭ ޖެހި ގޯލަށެވެ. މިއީ ދަގަނޑޭގެ ހަޔާތުގައިވެސް އަދި އޭއެފްސީ ކަޕުގައިވެސް އެންމެ ހިތްގައިމު ގޯލުތަކުގެ ތެރެއިން ގޯލެކެވެ. އޮންލައިން ޕޯލްގައި ދަގަނޑޭގެ މި ގޯލަށްވަނީ ފަންސާސް ހަތަރު އިންސައްތަ ވޯޓް ލިބިފައެވެ. މި ޕޯލު ކާމިޔާބުކޮށްދިނުމަށް ސަޕޯޓަރުން ހިންގި ކެމްޕެއިންތަކަށް ދަގަނޑޭވަނީ ޝުކުރު އަދާކޮށްފައެވެ.

"ގައުމަށް ރީތި ނަން ހޯދައިދިނުމަށް ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަކީ އަޅުގަނޑުގެ ގައުމީ ވާޖިބެއްގެ ގޮތުގައި އަބަދުވެސް ދެކޭނަން،"

2013 ވަނަ އަހަރުގެ އޭއެފްސީ ކަޕުގައި ދަގަނޑޭ ޖެހި މި ގޯލަކީ، ހަތް ލަނޑު ސުން ލަނޑުގެ ބޮޑު ތަފާތަކުން ނިއު މޮޅުވި މެޗުގައި ދަގަނޑޭ ޖެހި ގޯލެކެވެ. މިއީ ރާއްޖޭގެ ތާރީހުގައިވެސް އޭއެފްސީ ކަޕުގެ މެޗެއްގެ އިތުރުން އަވޭ މެޗެއްގައި ދިވެހި ކްލަބަކުން ހޯދި އެންމެ ބޮޑު ކާމިޔާބެއެވެ. މި ގޯލަށްވަނީ އޭއެފްސީ ކަޕުގެ އެންމެ މޮޅު ސޯލޯ ގޯލުގެ އެވޯޑްވެސް ލިބިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް