ads
މާފުށި--
މާފުށިން ޕޮޒިޓިވްވި މީހާއާ ފަސް މީހަކު ޑައިރެކްޓް ކޮންޓެކްޓްވި
ކ. މާފުށީގައި ޗުއްޓީ ހޭދަކުރި ފަތުރުވެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު އެމީހާއާ ފަސް މީހަކު ޑައިރެކްޓް ކޮންޓެކްޓްވެފައިވާ ކަމަށް އެރަށު ޓާސްކް ފޯހުން ބުނެފި އެވެ.

މާފުށީ ޓާސްކް ފޯހުގެ އޮފިޝަލަކު މިރޭ ސީއެންއެމްއަށް ވިދާޅުވި ގޮތުގައި މިއަދު ޕޮޒިޓިވްވެފައި ވަނީ އެރަށަށް 30 ދުވަހުގެ މުއްދަތަކަށް ބިޒްނަސް ވިސާގައި އައި އަންހެން ފަތުރުވެރިއެކެވެ. 

އެގޮތުން މިދިޔަ މަހުގެ 27 ގައި އައި އެމީހާ ކޮވިޑަށް ޓެސްޓް ކުރީ ފުރަން ދިއުމުގެ ކުރިން ކަމަށާއި އޭގެ ނަތީޖާ ލިބުނުއިރު ޕޮޒިޓިވް ކަމަށް ވިދާޅުވި އެވެ. އޮފިޝަލް ވިދާޅުވީ އެމީހާ ވަނީ ރަށުގެ ކެފޭ ރެސްޓޯރަންޓްތަކުގެ އިތުރުން ދަތުރުވެސް ގޮސްފައި ކަމަށެވެ.

އަދި މިއަދު އިރުއޮއްސުނުހާއިރު އެޗްޕީއޭގެ ފަރާތުން ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފެށި ވަގުތު އެކަށީގެންވާ މިންވަރަށް އެއްބާރުލުން ލިބިފައި ނުވާކަމަށް ވިދާޅުވި އެވެ. އެގޮތުން ފަތުރުވެރިޔާ އައިސޮލޭޓްވާން ވެސް ފުރަތަމަ ދެކޮޅު ހެދިކަން ފާހަގަކުރައްވަމުން ވިދާޅުވީ މިހާރު އެއްބާރުލުން ލިބިފައިވާ ކަމަށާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް އަދިވެސް އެބަ ކުރިއަށްދާ ކަމަށެވެ. 

އެމީހާ ކޮންޓެކްޓްވި މީހުންގެ ގޮތުގައި މިހާތަނަށް ފަސް މީހަކު ފާހަގަކުރެވިފައިވާއިރު އެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭކަމަށް ވެސް ވިދާޅުވި އެވެ. 

މާފުށިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ހުރިހާ ފަތުރުވެރިން ބަލިން ރަނގަޅުވީ އިއްޔެ އެވެ. އެރަށުގައި މިވަގުތު ވެސް 240 އަށް ވުރެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް