ads
ފުލުހުންގެ މައި އިދާރާ--
ދޯންޏެއްގައި ޒުވާނަކަށް އަނިޔާކުރި މައްސަލަ ބަލަން ފަށައިފި
ވައްކަން ކުރި ކަމަށް ބުނެ ޒުވާނަކަަށް ބަޔަކު އަނިޔާކުރި މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ 7:30 ހާއިރު ހުޅުމާލެ ކަންނެލި ޖެޓީގައި އޮތް ދޯންޏަކަށް މީހަކު އެރި ކަމަށް ބުނެ އެމީހާ އަށް އަނިޔާ ކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ހުޅުމާލެ ކަންނެލި ޖެޓީގައި އޮތް ދޯންޏެއްގައި ޒުވާނަކު ވައްކަންކުރަން އެދޯންޏައް އެރިކަމަށްބުނެ ވަރަށް ބޮޑަށް އަނިޔާކުރާ ވީޑިއޯއެއް މިހާރު އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. 

އެގޮތުން، ޒުވާނާގެ އަތް ފައި ބަނދެ ގަމީސް ބާލުވައި ގައިގައި ތަޅާލާ އަނިޔާކޮށް، ކޮޅުފައިން ޖެހާ މަންޒަރު ފެނެއެވެ. އަދި އެތައް ސުވާލެއް އަނިޔާކުރަމުންދިޔަ މީހުން ޒުވާނާ އާއި ކުރިމަތިކުރަމުންދާ މަންޒަރު ފެނެއެވެ. އެގޮތުން ވަގަށް ނެގީ ކޯޗެއްތޯ އާއި އެވީ ކޮންތާކުތޯ އޭނާއާ ސުވާލުކުރަމުންދެއެވެ. 

އަދި އެ އަނިޔާތަކާއެކު ވައްކަން ކުރި ކަމަށް ބުނާ މީހާ، ފޯނުތަކެއް ވަގަށް ނެގި ކަމަށް އެއްބަސްވެ، އެކަމެއް ކިޔައިދޭ މަންޒަރު ފެނިގެންދާއިރު ވީޑިއޯ އާންމުވެ ގިނަ ބަޔަކު ވަނީ ވައްކަން ކުރުމަކީ ކުށެއް ކަމަށާއި އަދި އެފަދަ ގޮތަކަށް މީހަކަށް އަނިޔާ ދިނުމަކީ ވެސް ރަނގަޅު ކަމެއް ނޫންކަމަށް ބުނެ ފާޑުކިޔާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް