12889
CONFIRMED

DEATHS
11717
RECOVERED
🌏60,973,636
INFECTED
🌏39,069,813
RECOVERED
🌏1,432,047
DEATH
🌏64%
RECOVERY RATE
އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް——ފޮޓޯ:އެޗްއީއޯސީ
ކަރަންޓީނުގައި ތިބި މީހުން ގޭގައި ތިބިތޯ ބަލަން ފަށަނީ
Share
ކަރަންޓީނުގައި ތިބި މީހުން ގޭގައި ތިބިތޯ ބެލުމުގެ މަސައްކަތް ކުރިއަށް އޮތް ތަނުގައި ކުރާނެ ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެ އެވެ.
Advertisement

އެޗްއީއޯސީގެ މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ މާލޭގައި ކޮވިޑްގެ ކޭސްތައް މަދުވާން ފެށުމާއެކު ގައިޑްލައިންތަކަށް ބަލަން ނުޖެހޭކަމަށް ބައެއް މީހުން ދެކެން ފަށާފައިވާ ކަމަށެވެ. 

އެހެންނަމަވެސް، ގައިޑްލައިންތަކަށް ބަދަލު އައިސްފައިނުވާކަން ފާހަގަކުރައްވަމުން ޑރ. ނަޒްލާ ވިދާޅުވީ ގައިޑްލައިންތަކަށް ބަލައިގެން އުޅުމުން ބަލި ފެތުރޭ މިންވަރު ކުޑަވެގެންދާނެ ކަމަށެވެ. 

މިހާރު ފެރީތަކާއި ބަސްތަކުން ގައިޑްލައިންތަކަށް އަމަލުކުރަމުންދޭތޯ ބަލަން އިންސްޕެކްޝަން ކުރިއަށް ގެންދާއިރު ޑރ. ނަޒްލާ ވިދާޅުވީ އެ އިންސްޕެކްޝަނުގެ ދަށުން ކަރަންޓީނުގައި ގޭގައި ތިބި މީހުންގެ ތެރެއިން ރެންޑަމްކޮށް ބަޔަކު ކަނޑައެޅުމަށް ފަހު، އެމީހުން ގޭގޭގައި ތިބިތޯ ބަލަން ފަށަން ނިންމާފައިވާ ކަމަށެވެ. 

އެހެންނަމަވެސް އެ މަސައްކަތް ފަށާނެ ސީދާ ތާރީހު ހާމައެއް ނުކުރައްވަ އެވެ. 

ކޮވިޑަށް ޕޮޒިޓިވްވާ މީހުންނާއި ކޮންޓެކްޓްވެގެން 14 ދުވަހުގެ މުއްދަތަކަށް ގޭގައި ކަރަންޓީނުވާން ޖެހޭއިރު ކަރަންޓީނުގެ އުސޫލާ ބައެއް ފަރާތްތަކުން ހިލާފުވާ ކަމުގެ އަޑުތައް އިވެ އެވެ. އެގޮތުން ބޭރުގައި އުޅޭކަމުގެ ޝަކުވާތައް އިވުނަސް މީގެ ކުރިން އެފަދަ އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފައެެއް ނުވެ އެވެ. 

30%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް