ads
އަލިފާނުގެ ހާދިސާ ހިނގި ރާސްތާ ދޯނި--
ތިނަދޫ ދޯންޏެއްގައި އަލިފާން ރޯވެ ބަޔަކަށް އަނިޔާވެއްޖެ
ގދ. ތިނަދޫ ފަޅުތެރޭގައި އަޅާފައި އޮތް ދޯންޏެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ބަޔަކަށް އަނިޔާވެ، ފަަރުވާ ދެމުން އެބަ ދެއެވެ.

އެމްއެންޑީއެފުން ބުނީ ތިނަދޫ ފަޅުތެރޭގައި އަޅާފައި އޮތް ދޯންޏެއްގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ ރިޕޯޓް ރޭ 12:34 ގައި ލިބިފައިވާ ކަމަށާއި އެ ހާދިސާގެ ރިޕޯޓް ލިބުމާއެކު ތިނަދޫ ފަޔާ ސްޓޭޝަންގެ ސިފައިން ވަނީ އެ ހާދިސާ ހިނގި ދޯނީގައި ހަރަކާތްތެރިވެފައި ކަމަށެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އެ ރަށު ފަޅުގައި އަޅާފައި އޮތް ރާސްތާ ދޯނީގަ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެ ދޯނީގައި އަލިފާނުގެ ހާދިސާއެއް ހިނގީ ދޯނީގައި ހުރި ގޭސް ފުޅިއަކުން ގޭސްލީކުވެގެން ކަމަށް އެމްއެންޑީއެފުން ބުނެއެވެ. 

އެ ހާދިސާގައި އަނިޔާވެފައިވަނީ  ދޯނީގައި އެވަގުތު ތިބި ހަތަރު ދިވެހިންނަށް ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. އެހެން ނަމަވެސް އެމީހުންނަށް ލިބިފައިވަނީ ކިހާ ވަރެއްގެ އަނީޔާތަކެއް ކަމެއް އަދި ހިއްސާކޮށްފައެއް ނުވެއެވެ.

އެމްއެންޑީއެފުން ބުނީ ހާދިސާގައި އަނިޔާވި ހަތަރު ދިވެހިންނަށް މިހާރު ދަނީ ތިނަދޫ ހޮސްޕިޓަލުގައި ފަރުވާދެމުން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް