ads
ރައީސް ނަޝީދު-
ދަރަނީގެ މައްސަލާގައި ޓްރޭޑް ޔޫނިއަންގެ ފާޑުކިޔުން ނަޝީދަށް
ދަރަންޏަކީ ދުނިޔޭގެ އެހެން ގައުމުތަކާއި ރާއްޖެއާ ފިތުނަވެރި ކުރުވާ ވަސީލަތަކަށް ހެދުމަކީ ރާއްޖޭގެ އިގްތިސާދަށް ފައިދާ ހުރި ވިސްނުމަކަށް ނުވާނެ ކަމަށް ބުނެ، މޯލްޑިވްސް ޓްރޭޑް ޔޫނިއަން (އެމްޓީޔޫ) އިން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފާޑުކިޔައިފި އެވެ.

އެމްޓީޔޫއިން ކުރި ޓްވީޓުތަކެއްގައި ބުނީ 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ ދަރަނި ބަޖެޓެއްގެ ގޮތުގައި ސިފަކޮށް ދަރަންޏަކީ ދުނިޔޭގެ އެހެން ގައުމުތަކާ ރާއްޖެއާ ފިތުނަވެރި ކުރުވާ ވަސީލަތަކަށް ހެދުމަކީ ރާއްޖޭގެ އިގްތިސާދަށް ފައިދާ ހުރި ވިސްނުމަކަށް ނުވާނެ ކަމަށެވެ.

"އެމްޓޫޔީ އިން ވެސް ގަބޫލުކުރާ ގޮތުގައި ދައުލަތުގެ ދަރަނި އިންތިހާއަށް މަތިވުމަކީ ބޮޑު ގޮންޖެހުމެއް. އަދި މި ގޮންޖެހުމުގެ ޒިންމާއަކީ ހުރިހާ ސަރުކާރަކުން ވެސް އުފުލަން ޖެހޭ ޒިންމާއެއް. އެހެން ނަމަވެސް މި ވަގުތަށް އެންމެ މުހިއްމީ ރާޢްޖޭގެ މާލީ ނިޒާމާ ދޭތެރޭ އިތުބާރު އުފައްދާ ބައިނަލްއަގްވާމީ ގުޅުންތަކުގެ ތެރެއިން ލިބެން އޮތް އެހީތެރިކަމުގެ މަގުތައް ބަންދު ނުކޮށް، ވިސްނުންތެރި ކަމާއެކު ކުރިޔަށް ދިޔުން ކަމުގައި މި ޔޫނިއަނުން ދެކެން،" އެމްޓީޔޫއިން ބުންޏެވެ. 

އޭގެ އިތުރުން ސިޔާސީ މަގުސަދުތައް ހާސިލް ކުރުމަށްޓަކައި ދުނިޔޭގެ ބޮޑެތި އިގްތިސާދުތަކާ ފިތުނަވެރިވެ، ކުރެވިފައި ހުރި އިގްތިސާދީ މުއާމަލާތްތަކުގެ އިތުބާރު ގެއްލުވާލުމުގެ މަސައްކަތް އެއްވެސް ފަރާތަކުން ނުކުރުމަށް ގޮވާލާ ކަމަށް އެމްޓީޔޫއިން ބުނެފައި ވެއެވެ. 

އެމްޓީޔޫއިން އެހެން ބުނެފައި ވާއިރު، ނަޝީދު ގެންދަވަނީ ޗައިނާގެ ދަރަނި އަނބުރާ ދެއްކޭނެ ގޮތެއް ނެތް ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ކޮވިޑުގެ ދަތި ހާލަތުގައި ވެސް ޗައިނާއިން ދަރަންޏަށް ލުޔެއް ނުދިން ކަމަށް ވިދާޅުވެފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް