ސޮއި ކުރުމުގެ ތެރެއިން--
29 ރަށެއްގެ އައުޓްޑޯ ޖިމްގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފި
Share
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 61 ރަށުގައި ގާއިމްކުރާ އައުޓްޑޯ ޖިމްތަކުގެ ތެރެއިން 29 ރަށެއްގެ އައުޓްޑޯ ޖިމްގެ ތަކެތި ރަށްރަށަށް ގެންގޮސް އިންސްޓޯލް ކުރުމަށް ކްރިނޮޒޯ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކޮށްފި އެވެ.
Advertisement

އެ މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 4.4 މިލިއަން ރުފިޔާ އަށެވެ. އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 61 ރަށެއްގައި އަޓްޑޯ ޖިމްތައް ގާއިމް ކުރުމަށް ނިންމާފައި ވެއެވެ. 

އެގޮތުން ރާއްޖޭގެ 61 ރަށުގައި ގާއިމްކުރާ އައުޓްޑޯ ޖިމްތަކުގެ ތެރެއިން 32 ރަށެއްގެ އައުޓްޑޯ ޖިމްގެ ތަކެތި ރަށްރަށަށް ގެންގޮސް އިންސްޓޯލް ކުރުމަށް ސިނާން ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެކު ވެސް ވަނީ މިމަހުގެ ނުވަވަަނަ ދުވަހު އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.

މިއަދު އަލަށް 29 ރަށެއްގައި އެ މަސައްކަތް ފެށުމަށް އެ އެއްބަސްވުމުގައި ސޮއި ކުރެވުމާއިއެކު އެ 61 ރަށުގައި މިހާރު މިވަނީ މަސައްކަތް ފެށުމަށް ތައްޔާރުވެފައެވެ. 

އެ އެއްބަސްވުމުގެ ދަށުން އައުޓްޑޯ ޖިމް ގާއިމްކުރެވިގެންދާނެ ރަށްތަކަކީ:

  • އއ. ހިމަންދޫ
  • އއ. އުކުޅަސް
  • އއ. ތޮއްޑޫ
  • ދ. މީދޫ
  • މ. ވޭވަށް
  • މ. ނާލާފުށި
  • ފ. ދަރަނބޫދޫ
  • ފ. ފީއަލި
  • ތ. ހިރިލަންދޫ
  • ތ. ކިނބިދޫ
  • ތ. ކަނޑޫދޫ
  • ލ. މާވަށް
  • ލ. މާބައިދޫ
  • ލ. އިސްދޫ
  • ލ. ފޮނަދޫ
  • ލ. ހިތަދޫ
  • ލ. މާމެންދޫ
  • ލ. ގަން
  • ގއ. ކޮލަމާފުށި
  • ގއ. ކަނޑުހުޅުދޫ
  • ގއ. ކޮނޑޭ
  • ގއ. ދާންދޫ
  • ގދ. ގައްދޫ
  • ގދ. ތިނަދޫ
  • ގދ. ހޯޑެއްދޫ
  • ޏ. ފުވައްމުލައް
  • ސ. މަރަދޫ
  • ސ. ހިތަދޫ
  • ސ. މަރަދޫ-ފޭދޫ

މިއަދު މިނިސްޓްރީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ޔޫތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ އެވެ. އަދި ކްރިނޮޒޯ ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިނާޔަތު ތައުފީގް އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް