ads
މާފުށީގައި ހިންގާ ގެސްޓްހައުސްއެއް
މިހާތަނަށް 100 އަށްވުރެ ގިނަ ގެސްޓްހައުސް ހުޅުވުމުގެ ހުއްދަ ދީފި
ކޮވިޑާ ގުޅިގެން ގެސްޓްހައުސް ސިނާއަތް ބަންދުކުރުމަށް ފަހު އަލުން ހުޅުވާލި ފަހުން 100 އަށް ވުރެ ގިނަ ގެސްޓް ހައުސް ހުޅުވުމުގެ ހުއްދަ ދީފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ގެސްޓްހައުސް އަދި ހޮޓާތަކުގެ ތެރެއިން މިމަހުގެ 19 ވަނަ ދުވަހާއި ހަމަޔަށް 189 ތަނަކަށް އޮޕަރޭޓް ކުރުމުގެ ހުއްދަ ދީފައިވާއިރު އެތަންތަނުގެ ތެރެއިން 2،284 އެނދުގެ ހިދުމަތް ދަނީ ފޯރުކޮށް ދެމުންނެވެ. 

އަދި ބޯޑަރު ހުޅުވާލި ފަހުން މި މަހުގެ 19 ވަނަ ދުވަހާއި ހަމަަޔަށް ސަފާރީތަކުގެ 2300 އެނދުގެ ހިދުމަތް ދެމުންދާއިރު 122 ސަފާރީއަކަށް ވަނީ އޮޕަރޭޓް ކުރުމުގެ ހުއްދަ ދީފަ އެވެ. އޭގެ އިތުރުން މިހާތަނަށް ވަނީ 125 ރިސޯޓެއްގެ ހިދުމަތް ފަށާ 28,856 އެނދުގެ ހިދުމަތް ފަތުރުވެރިންނަށް ފޯރުކޮށްދީފައެވެ.

ކޮވިޑާއި ގުޅިގެން މިދިޔަ މާޗު މަހުގެ ފަހުކޮޅު ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު އަލުން ހުޅުވާލީ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ. އެއަށްފަހު ރިސޯޓުތައް އޮޕަރޭޓް ކުރުމުގެ ހުއްދަ ދިން ނަމަވެސް ގެސްޓްހައުސްތަކަށް އެ ހުއްދަ ދީފައިވަނީ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު އެވެ.

ހަތް މަހަށް ފަހު ގެސްޓް ހައުސްތައް އޮޕަރޭޓް ކުރުމުގެ ހުއްދަ ދިން ނަމަވެސް އެ ހުއްދަ އަދި ދީފައި ވަނީ އަތޮޅުތެރޭގެ ބައެއް ގެސްޓްހައުސްތަކަށެވެ. އަދި އެ ހުއްދަތަށް ދެމުން ދަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެޗްޕީއޭއިން ކަނޑައަޅާފައިވާ ވަކި އުސޫލުތަކެއްގެ ދަށުން ވަކި ޝަރުތުތަކެއް ހަމަވެފައިވާ ގެސްޓްހައުސްތަކަށެވެ.

އެގޮތުން މިހާތަނަށް އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް އިންތިޒާމްތައް ހަމަޖައްސާފައިވާ 49 ގެސްޓްހައުސް އަކަަށް އެ ހުއްދަ ދީފައިވާއިރު މިމަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ކ. އަތޮޅާއި ނ. އަތޮޅު އަދި އއ. އަތޮޅާއި ވ. އަތޮޅުގެ އިތުރުން އައްޑޫ ސިޓީގައި ގެސްޓްހައުސް ހުޅުވުމަށް ވަނީ ހުއްދަ ދީފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް