ނަތީޖާއިން ދައްކާ ގޮތުގައި 70 ޕަސަންޓު ރައްކާތެރިކަން މި ވެކްސިނުން ލިބިދެ އެވެ. ޑޯޒޭޖް މަތިކޮށްފި ނަމަ 90 ޕަސަންޓާ ހަމައަށް ރައްކާތެރިކަން ލިބޭނެ ކަމަށް ވެއެވެ.
މީގެ ކުރިން ފައިޒާ އަދި މޮޑާނާގެ ވެކްސިންގެ ޓެސްޓުތަކުން ދައްކާފައި ވަނީ 95 ޕަސަންޓު ރައްކާތެރިކަން ލިބޭ ކަމަށެވެ. އެއާ ހިލާފަށް އޮކްސްފޯޑުން އުފެއްދި ވެކްސިން އަގުގެ ގޮތުން ހެޔޮވެފައި، ރައްކާ ކުރަން ފަސޭހަވެ، ގައުމުތަކަށް ފޮނުވަން ފަސޭހަވާނެ އެވެ.
އެހެންކަމުން ހުއްދަ ލިބިއްޖެ ނަމަ މި ވެކްސިން ވެގެން ދާނީ ބަލިމަޑުން ފެތުރުން ހުއްޓުވުމުގައި މުހިއްމު ދައުރެއް އަދާ ކުރާނެ ވެކްސިނަކަށެވެ.