ads
ހޯރަފުށީ އެއާޕޯޓަށް ފްލައިޓެެއް ޖައްސާފައި--
ޑިމާންޑް ބޮޑުވެ ހޯރަފުއްޓަށް އިތުރު ފްލައިޓެއް ޝެޑިއުލްކޮށްފި
ޑިމާންޑް ބޮޑުވުމުގެ ސަބަބުން ހޯރަފުށީ އެއާޕޯޓަށް މިމަހު އިތުރު ފްލައިޓެއް ޝެޑިއުލްކޮށްފި އެވެ.

މޯލްޑިވިއަންގެ ޕީއާރު އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ ޑިމާންޑް ބޮޑުވެ މިމަހުގެ 28 ވާ ހޮނިހިރު ދުވަހަށް އިތުރު ފްލައިޓެއް ޝެޑިއުލްކޮށްފައިވާ ކަމަށެވެ. އަދި މި ހަފްތާގެ ބުރާސްފަތި ދުވަހުގެ ފްލައިޓާއި އެ ދުވަހު ހޯރަފުށިން މާލެއަށް އޮތް ފްލައިޓް ވެސް ފުލްވެފައިވާ ކަމަށް މޫސަ ވިދާޅުވެ އެވެ. 

ކުރިން އޮތް ގޮތުންނަމަ މިމަހު ހޯރަފުށީ އެއާޕޯޓްއަށް ދަތުރުކުރަން އޮތީ އެންމެ ފްލައިޓެކެވެ.

އެގޮތުން މޯލްޑިވިއަން އިން މި މަހުގެ 26 ގައި ހޯރަފުށީ އެއާޕޯޓަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ އިރު، މާލެ އާއި ހޯރަފުށްޓާއި ދެމެދު ދުވާލަކު ތިން ދަތުރު ކުރާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

އަދި އަންނަ މަހުން ފެށިގެން ކޮންމެ ހަފުތާއާކު އެ އެއާޕޯޓަށް ތިން ދަތުރުކުރަން ހަމަޖެހިފައިވާއިރު މާލެއިން ހޯރަފުއްޓަށް އެއްކޮޅު ޓިކެޓެއްގެ އަގު އުޅެނީ 1113 ރުފިޔާ އަށެވެ. އެކަމަކު ފެއާ ޓިކެޓްގެ އަގު އުޅެނީ 805 ރުފިޔާ އަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރަސްމީކޮށް ހޯރަފުށީ އެއާޕޯޓް ހުޅުވާފައިވާއިރު އެތަނަކީ މި ސަރުކާރުން ތަރައްގީކުރި ފުރަތަމަ އެއާޕޯޓެވެ. މިދިޔަ އަހަރުގެ މާޗް 29 ގައި 198 މިލިއަން ރުފިޔާއަށް އެމްޓީސީސީއަށް ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ އެ މަޝްރޫއުގެ ދަށުން 1،200 މީޓަރުގެ ރަންވޭއަކާއި 8،635 ސްކޮއާ މީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް ތަރައްގީކޮށްފަ އެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް