ads
އެމްއެންޔޫއެސްޔޫގެ އެކްޒެކިޔުޓިވް ކޮމެޓީ-- ފޮޓޯ: އެމްއެންޔޫއެސްޔޫ
އެމްއެންޔޫ އެސްޔޫގެ ރަސްމީ ޓެލެގްރާމް ޗެނަލް އިފްތިތާހު ކޮށްފި
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ) ގެ ރަސްމީ ޓެލެގްރާމް ޗެނަލް އިފްތިތާހު ކޮށްފި އެވެ.

އެމްއެންޔޫއެސްޔޫގެ ނުވަ ވަނަ ދައުރުގެ ރައީސްކަމަށް އަބްދުﷲ ޝަހުނީޒް އިންތިހާބުވެ މަގާމާއި ހަވާލުވެ ވަޑައިގެން ދެއްކެވި ވާހަކަގައި، އެމްއެންޔޫއެސްޔޫގެ ރަސްމީ ޓެލެގްރާމް ޗެނަލެއް އިފްތިތާހްކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. އަދި އެއީ ރައީސް ޝަހުނީޒްގެ ތަސައްވުރުގެ ތެރެއިން ތަސައްވުރެއްވެސް މެއެވެ.

”އުފާވެރި ހަބަރަކީ ދައުރު އިފްތިތާހްކުރުމާއެކު އެމްއެންޔޫ އެސްޔޫގެ ނަމުގައި ޓެލެގްރާމްގެ ރަސްމީ ޗެނަލްއެއް ބޭނުންކުރަން ފެށިގެން ދިއުން.”ޝަހުނީޒް ވިދާޅުވި އެވެ.

އެމްއެންޔޫއެސްޔޫ އިން ބުނީ ޓެލެގްރާމް އަކީ އެމްއެންޔޫ އެސްޔޫގެ ރަސްމީ ކަންކަމަށް އާންމުކޮށް ބޭނުންކުރާ އެއް މަންސަކަމަށާއި އެ ޗެނަލްއާއިއެކު އެމްއެންޔޫއެސްޔޫ އިން ހިންގާ ހަރަކާތްތަކުގެ ތަފްސީލު ލިބިގެންދާނެ ކަމަށެވެ. އަދި އެތަނުގެ ހަބަރުތައް މެމްބަރުންނަށް ތިލަކޮށްދޭ ފާލަމަކަށްވެސް އެ ޗެނަލް ވެގެންދާނެކަމަށް ބުނެ އެވެ.

އެގޮތުން އެ ޗެނަލް އަކީ އެމްއެންޔޫ އެސްޔޫގެ މީޑިއާ އިތުރު ހަރުފަތަކަށް ގެންދިއުމަށް ކުރަމުން ގެންދާ މަސައްކަތަށް އިތުރުވެގެންދިޔަ ބޮޅެއްކަން ފާހަގަކުރައްވާ އެމްއެންޔޫ އެސްޔޫއިން ބުނީ އެ ޗެނަލް ވެގެންދާނީ އެމްއެންޔޫއެސްޔޫގެ އާންމު އެންގުންތަށް އެންގުމަށާއި، ހިންގާ ހަރަކާތްތަކުގެ މައުލޫމާތުތައް މެމްބަރުންނާއި ހަމައަށް ގެނެސްދޭނެ މެދުވެރިއަކަށް ކަމަށެވެ. 

އެމްއެންޔޫއެސްޔޫ މީޑިއާގެ ރަސްމީ ވެބްސައިޓަކާއި، ފޭސްބުކް ޕޭޖްގެ އިތުރުން ރަސްމީ ޓުވިޓާ އެކައުންޓަކާއި، އިންސްޓާގްރާމް އެކައުންޓެއް އަންނަނީ ހިންގަމުންނެވެ. އަދި މީގެ އިތުރުން އެމްއެންޔޫއެސްޔޫ ވައިބާ ކޮމިއުނިޓީ އިން ވެސް އެމްއެންޔޫއެސްޔޫ އިން ހިންގަމުން އަންނަ ހަރަކާތްތައް އާންމުންނަށް ފެނިގެންދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް