ads
ދަރިވަރުންތަކެއް އިމްތިހާނު ހޯލެއްގައި--
އޯލެވެލް އިމްތިޙާން އަންނަ އޭޕްރީލްގައި ފަށަނީ
ކޮވިޑް-19 އާ ގުޅިގެން ފަސް ކުރި އޯލެވެލް އިމްތިހާނު އަންނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ބާއްވަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން "ސީއެންއެމް" އަށް ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު އިމްތިހާނު ބާއްވަން މިހާރު ވަނީ ނިންމާފަ އެވެ.

ކޮންމެ އަހަރަކު ވެސް އޯލެވެލް އިމްހާނު ފަށަނީ ދިވެހި އިސްލާމުން ނަމަވެސް އަންނަ އަހަރު އެ އިމްތިހާނު ފަށަން ނިންމާފައި ވަނީ އާޓް އެންޑް ޑިޒައިންގެ ޓެސްޓުންނެވެ. އެގޮތުން 14، 15 ގައި އޮތީ އެ އިމްތިހާނެވެ. 

އަދި އިސްލާމް، ދިވެހި އޮންނާނީ މެއި މަހުގެ ކުރީކޮޅެވެ. މައުލޫމާތު ލިބޭ ގޮތުގައި އެ އިމްތިހާނު ފަސްކޮށްފައި ވަނީ ދަރިވަރުންގެ އިތުރުން ބެލެނިވެރިންގެ ވެސް އެދުމުގެ މަތިންނެވެ. 

އައިޖީސީއެސްއައި އަދި އެސްއެސްސީ އިމްތިހާނު އަންނަ އަހަރަށް ފަސްކުރީ ކޮވިޑް-19 އާ ގުޅިގެން ދަރިވަރުން، ސިލަބަސް ނިންމައި އިންތިހާނަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ނުލިބޭ ކަމަށް ބުނެ އެެވެ.

މިނިސްޓްރީން ބުނާ ގޮތުގައި ބީޓެކްގެ މާއްދާތައް ކިޔަވާ ދަރިވަރުންގެ އެސައިމަންޓްގެ ސުންގަޑި އަލުން މުރާޖައާ ކުރާނެ އެވެ. އެ ބަދަލު ގެންނަނީ، ދަރިވަރުންނަށް ލިބޭ ގެއްލުން ވީހާވެސް ކުޑަކުރުމަށް ކަމަށް ބުނެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް