ads
ކަންގަނާ--
ކަންގަނާގެ އޮފީސް ތަޅާލި މައްސަލައިގެ ހުކުމް މި ހަފްތާގައި
މުނިސިޕަލް ކައުންޓީ އޮފީހުން ކަންގަނާ ރަނޯތުގެ އޮފީސް ތަޅާލީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. މުމްބާއިގެ ބަންދްރާގައި ހުންނަ އޮފީސް ތަޅާލީ އޭނާ އެތަނަށް ދިޔުމުގެ މަގުމަތީގައި އުޅެނިކޮށެވެ.

އެ މައްސަލާގައި ކަންގަނާ ވަނީ ކޯޓަށް ގޮސްފަ އެވެ. ރިޕޯޓުތައް ބުނާ ގޮތުން މައްސަލައިގެ ހުކުމް ބޮމްބޭ ހައި ކޯޓުން މި މަހު 26 ގައި އިއްވާނެ އެވެ.

މި މައްސަލައިގެ ހުކުމާ ގާތްވެފައި ވާއިރު، މުނިސިޕަލް ކައުންޓީން ބުނެފައި ވަނީ އޮފީސް ހިންގާ އިމާރާތް ބޭނުން ކުރުމަށް ދިން ހުއްދަތަކާ ހިލާފަށް، އެ އިމާރާތަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. 

އޭގެ އިތުރުން ފުލުހުންނާ ގުޅުން ހުރި މައްސަލައެއްގައި ވެސް ކަންގަނާ އާއި އޭނާގެ ދައްތަ ރަންގޯލީ ޗަންދޭލް ވަނީ ކޯޓަށް ގޮސްފަ އެވެ.

އެއީ ސޯޝަލް މީޑިއާ މެދުވެރިކޮށް އެ ދެ މީހުން ނަފްރަތު ފަތުރާ ކަމަށް ބުނެ ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް