ads
އެފްރިކާ ފެޑެރޭޝަންގެ ރައީސް އަހްމަދު އަހްމަދު
އެފްރިކާ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ސަސްޕެންޑްކޮށްފި
ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް ނުވަތަ އެފްރިކާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް އަހްމަދު އަހްމަދުގެ މައްޗަށް ކުރެވޭ ސީރިއަސް ކޮރަޕްޝަންގެ ތުހުމަތުތަކަކާއި އެކު ސަސްޕެންޑްކޮށްފިއެވެ. ފީފާއިން ނިންމާފައިވަނީ އަހްމަދު ފަސް އަހަރަށް ސަސްޕެންޑް ކުރާށެވެ.

ފީފާ އިން ބުނީ، އަހުމަދުގެ މައްޗަށް ކޮރަޕްޝަނާއި އަދި އިތުބާރު ނުހިފޭ އެތައް ކަމެއް ކުރުން ސާބިތުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެކި ފަރާތްތަކުން ހަދިޔާ ގަބޫލު ކުރުމާއި މަގާމުގެ ނުފޫޒު ބޭނުންކުރުމާއި އަދި ސިސްޓަމުން ބޭރުން އެތައް ކަމެއް ކުރުން ހިމެނެއެވެ. ސަސްޕެންޑް ކުރުމުގެ އިތުރުން ދެލައްކަ ޑޮލަރަށް ވުރެ ބޮޑު އަދަދަކުން އަހްމަދު ވަނީ ޖޫރިމަނާ ކޮށްފައެވެ. 

މި މައްސަލަތައް އިސްތިއުނާފު ކުރާނެ ކަމަށް އަހްމަދު ވަނީ ވިދާޅުވެފައެވެ. އަހްމަދަކީ ދެހާސް ސަތާރަވަނަ އަހަރުން ފެށިގެން އެފްރިކާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސްއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް