ads
ޓްވިންކަލް ކަންނާ އަދި އަދި ފިރިމީހާ އަކްޝޭ
އެހީވުމަށް ފަހު ސޯޝަލް މީޑިއާގައި އާއްމު ކުރުމަކީ މައްސަލައެއް ނޫން: ޓްވިންކަލް
ބޭނުން ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރާ ކަންކަން ސޯޝަލް މީޑިއާގައި އާއްމުކުރާތީ އާއްމުން ރައްދުކުރާ ފާޑުކިޔުންތަކަށް މަޝްހޫރް އެކްޓާ އަކްޝޭ ކުމާރުގެ އަންހެނުން ޓްވިންކަލް ކަންނާ ރައްދުދީފި އެވެ.

އޭނާ ބުނީ އެ މަސައްކަތްތައް ސޯޝަލް މީޑިއާގައި އާއްމުކުރުމުން އެހެން މީހުންނަށް ވެސް އެކަހަލަ އެހީތެރިކަން ފޯރުކޮށްދިނުމަށް ދެވޭ ހިތްވަރަކަށް ވާނެ ކަމަށެވެ.

އަދި އެފަދަ ޗެރިޓީ މަސައްކަތްތައް އާއްމުކުރުމުން އެހެން މީހުން ވެސް އޭގެން މިސާލު ނަގައިގެން އެފަދަ ޗެރިޓީ މަސައްކަތްތައް ކުރާނެ ކަމަށް ބުނެފައި ވެއެވެ. ޓްވިންކަލް ބުނީ ޗެރިޓީ މަސައްކަތްތައް ސޯޝަލް މީޑިއާގައި އާއްމު ކުރުމަކީ މާބޮޑު މައްސަލައަކަށް ވާން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. 

ޓްވިންކަލްގެ ފިރިމީހާ އަދި މަޝްހޫރް އެކްޓާ އަކްޝޭ ވަނީ ވަރަށް ފަހުންވެސް ކޮވިޑް-19 ގެ މި ދަނޑިވަޅުގައި އާއްމުންގެ ޒަރޫރީ ބޭނުންތައް ފޯރުކޮށްދިނުމަށް އެހީވުމުގެ ގޮތުން 25 ކަރޯޑް ރުޕީޒް ސަރުކާރަށް ހަދިޔާކޮށްފަ އެވެ. 

ޓްވިންކަލް ބުނީ އޭނާގެ ފިރިމީހާ ކުރާ އެފަދަ މަސައްކަތްތަކާ މެދު ފަހުރުވެރިވާ ކަމަށާއި ގާބިލްކަން ހުރިހާ ދުވަހަކު އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އޭނާގެ އާއިލާއިން އެހީވަމުން ދާނެ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް