ads
ސަނާ ހާން--
ސަނާގެ ކައިވެނީގެ ފޮޓޯތަކާއެކު ބުރުގާ ބޭލީތޯ ސަޕޯޓަރުން ސުވާލު އުފައްދައިފި
މިދިޔަ މަހުގެ ތެރޭގައި ފިލްމީ ދާއިރާއިން ދުރަށްދާން ނިންމިކަން އިއުލާންކުރި ޖެއި ހޫގެ ތަރި ސަނާ ހާން ކައިވެނިކޮށްފައިވަނީ ދާދި ފަހުންނެވެ.

ސަނާ ކައިވެނިކުރީ މުފްތީ އަނަސް ނަމަކަށް ކިޔާ މީހަކާއެވެ. އިއްޔެ ވަނީ އޭނާގެ “ވަލީމާ ލުކް” ކެޕްޝަންގައި ޖަހާއި ސޯޝަލް މީޑިއާގައި ފޮޓޯތަކެއް ހިއްސާކޮށްފަ އެވެ.

your imageސަނާ ހާން ވަލީމާ ލުކް

އިންޑިއާގެ ސަގާފަތާ އެއްގޮތަށް ހެދުން އަޅައިގެން ހުރި މަންޒަރު ފެނިގެންދިޔައިރު ސަނާ ހާން ހުރީ ބުރުގާ ނަގައިގެންނެވެ. 

އުމުރުން 33 އަހަރުގެ ސަނާ، ފިލްމީ ދާއިރާއިން ދުރަށް ދިޔަ ސަބަބެއްގެ ގޮތުގައި ބުނީ ދީނަށްޓަކައި ކަމަށެވެ. އަދި އެޔަށްފަހު އޭނަ ވަނީ ބުރުގާވެސް އަޅާފަ އެވެ. ސޯޝަލް މީޑިއާއަށް އޭގެ ފަހުން ހިއްސާކުރި ފޮޓޯތަކުން ފެންނަނީ ބުރުގާ އަޅައިގެން ހުރި މަންޒަރެވެ. 

އެއާއެކު އާއްމުންގެ ތައުރީފާއި ލޯބި ވަރަށް ބޮޑަށް ވެސް ސަނާ އަށް ލިބުނެވެ. ނަމަވެސް މިފަހުން އޭނަ ކައިވެނިކޮށް ސޯޝަލް މީޑިއާގައި ފުރަތަމަ ފަހަރަށް އޭނާގެ ވަލީމާ ލުކް ހިއްސާކޮށްފައިވާއިރު ވަލީމާގައި ބުރުގާ އަޅާފައި ނުވާތީ އާއްމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެފަވެ އެވެ.

އެގޮތުން ބައެއް މީހުންވަނީ ބުރުގާ ނެގީތޯ ސުވާލުކޮށްފައެވެ. އަދި އެއީ ދީނުގައި ގޯސްކަމެއްގެ ގޮތަށް ބުނެ ބައެއް މީހުން ނަސޭހަތް ދީފައިވެ އެވެ. އާއްމުންގެ ފާޑުކިޔުންތަކަށް ސަނާ އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

 

33%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް