ads
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު(ރީކޯމޫސަ)
"އާޔަތް ކިޔުމަށް ކުރިން ވެސް ރިޔާސަތުން ފުރުސަތެއް ނުދޭނެ"
މަޖިލީހުގެ ބަހުސްގެ މަރުހަލާގައި މެމްބަރުންނަށް، ކީރިތި ގުރުއާނުގެ އާޔަތެއް ނުވަތަ އާޔަތެއްގެ މާނަ ވިދާޅުވާން އެއްވެސް އިރެއްގައި ފުރުސަތު ނުދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރީކޯ މޫސާ މިހެން ވިދާޅުވެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި، އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ގުރްއާނުގެ އާޔަތެއް ވިދާޅުވެ އޭގެ މާނަ ވިދާޅުވާން ފެއްޓެވުމުން، މަޖިލިސް ރައީސް މުހައްމަދު ނަޝީދު އެކަން ހުއްޓުވައި، މަޖިލީހުގައި ގުރްއާނުގެ އާޔަތްތައް ވިދާޅުނުވުމަށް އެންގެވުމާއިއެކު އެކަމަށް ގިނަ ފަރާތްތަކަކެއްގެ ފާޑުކިއުން އަމާޒުވުމާއި ގުޅިގެންނެވެ. 

މޫސަ ވިދާޅުވީ، ބަހުސްގެ މަރުހަލާގައި މެމްބަރުންނަށް، ކީރިތި ގުރުއާނުގެ އާޔަތެއް ނުވަތަ އާޔަތެއްގެ މާނަ ވިދާޅުވާން އެއްވެސް އިރެއްގައި ފުރުސަތު ނުދެއްވާނެ ކަމަށެވެ. އަދި އެގޮތަށް ރިޔާސަތުން ފުރުސަތު ނުދެއްވަނީ ގުރްއާންގެ އާޔަތެއް ނުވަތަ ގުރްއާނުގެ އާޔަތެއްގެ މާނަ ނުބައިކޮށް މެމްބަރަކަށް ވިދާޅުވެވިދާނެތީ، ބަހުސްގެ މިނިޓުކޮޅު ތެރޭގައި އެފަދަ ކުށެއް އިސްލާހު ނުކުރެވިއްޖެނަމަ ކީރިތި ގުރުއާނަށް އިހުތިރާމް ކުޑަކުރެވުނީ ކަމަށް ފެންނާތީ ކަމަށް ރީކޯ ވިދާޅުވިއެވެ. 

ހޯމަ ދުވަހު ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ކީރިތި ގުރުއާން ހިތުދަސް ނޫން ކަމަށާއި، އެހެންކަމުން މެމްބަރުން މަޖިލީހުގައި ގުރުއާނުގެ އާޔަތްތައް ވިދާޅުވާއިރު، އެމަނިކުފާނަށް ރިޔާސަތުގައި އިންނަވައިގެން އޭގެ ސައްހަކަން ކަށަވަރު ނުކުރެވޭ ކަމަށެވެ. އަދި މަޖިލިސް މެމްބަރުންނަކީ ދީނީ އިލްމުވެރިން ނޫން ކަމަށާއި، މަޖިލީހުގައި ޝެއިހުން މަދު ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.  

އެހެން ވިދާޅުވުމުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވިދާޅުވީ އެއީ ގާނޫނާ ހިލާފު ވާހަކައެއް ކަމަށާއި އެކަމަށްޓަކައި މައާފަށް އެދެން ޖެހޭނެ ކަމަށެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް