ads
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު--
އައްޑޫގައި ރިހެބް ސެންޓަރު އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
އައްޑޫ ސިޓީ ހުޅުދޫގައި ޑްރަގް ޑިޓޮކްސިފިކޭޝަން ސެންޓަރު ގާއިމްކުރުމުގެ މަޝްރޫއު ފެށުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.

ފަނަރަ މިލިއަން ރުފިޔާގެ އެ މަޝްރޫއު ހިންގުމަށް ހަވާލުކޮށްފައި ރެއިންބޯ ކޮންޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ. 

މި މަޝްރޫއުގެ ދަށުން އައްޑޫ ސިޓީ ހުޅުދޫގައި ޑްރަގް ޑިޓޮކްސިފިކޭޝަން އަދި ރިހެބިލިޓޭޝަން ސެންޓަރު އެޅުމުގެ ހުރިހާ މަސައްކަތެއް ކުރަން ޖެހޭނެ އެވެ. 

މިއަދު މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވާއިރު، 180 ދުވަހުގެ ތެރޭގައި މުޅި މަޝްރޫއު ނިންމަން ޖެހޭނެ ކަމަށް އެއްބަސްވުމުގައި ވެއެވެ. 

މި މަޝްރޫއަށް ޖުމްލަ 15 މިލިއަން ރުފިޔާ ހަރަދު ވާއިރު، އޭގެ ތެރެއިން 7.9 މިލިއަން ރުފިޔާއަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި ބާކީ 7.1 މިލިއަން ހަމަޖައްސަނީ ދައުލަތުގެ ބަޖެޓުންނެވެ. 

އަދު އޮތް ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް ޝާނާ ފާރޫގެވެ. އަދި ރެއިންބޯ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު މާޒިން އިބްރާހިމް ރަފީގެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް