ads
ފޮޓޯ: ބީއެމްއެލް
ބީއެމްއެލުން 65 ފުރޮޅުލީ ގޮނޑި ހަދިޔާކޮށްފި
ދައުލަތުގެ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިތުރު 65 މޮޓޮރައިޒްޑް ފުރޮޅުލީ ގޮނޑި ހަދިޔާ ކުރަން ނިންމައިފި އެވެ.

2017 ވަނަ އަހަރު ބީއެމްއެލްއިން ފެށި ޕްރޮގްރާމެއްގެ ދަށުން މިހާތަނަށް 100 އަށް ވުރެ ގިނަ ފުރޮޅުލީ ގޮނޑި ހަދިޔާ ކުރެވި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

އެ ޕްރޮގްރާމްގެ މަގުސަދަކީ ހިނގާ ބިނގާވެ އުޅުމަށް ދަތިވެފައިވާ ފަރާތްތަކުގެ އިތުރުން އަމިއްލައަށް މިފަދަ ފުރޮޅުލީ ގޮނޑި ބޭނުންކުރެވޭނެ ކޮންމެ މީހަކަށް ފުރޮޅުލީ ގޮނޑިއެއް ހަދިޔާ ކުރުން ކަމަށް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.

މިއަހަރު ތެރޭގައި 39 ރަށަކަށް 65 މޮޓޮރައިޒްޑް ފުރޮޅުލީ ގޮނޑި ހަދިޔާ ކުރުމަކީ ބީއެމްއެލްގެ އަމާޒެއް ކަމަށާއި، އެގޮތުން މި 65 ފުރޮޅުލީ ގޮނޑިއާއި އެކު ހިނގާބިނގާވެ އުޅުމަށް ދަތިވެފައިވާ 140 އަށް ވުރެ ގިނަ ފަރުދުންނަށް އެހީތެރިކަން ފޯރުކޮށްދެވިގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލުން މީގެ ކުރިންވެސް އެކި ޖަމާއަތްތަކަށް ތަފާތު އެހީތެރިކަން ފޯރުކޮށްދީފައިވާ އިރު، "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑް" ގެ ދަށުން އެ ބޭންކުން އަންނަނީ މުޖުތަމައު އާއި ގުޅުން ހުރި ކަންތައްތަކުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް