ads
އިޕީއެސް ކޮޕީ ރައީސް އާއި ހަވާލުކުރައްވަނީ---
ރައީސް ސޯލިހް އަށް "އީޕީއެސް ހަނދާން" މަޖައްލާގެ ކޮޕީއެއް ހަދިޔާކުރައްވައިފި
ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއަށް، "އިންގްލިޝް ޕްރެޕަރޭޓަރީ އެންޑް ސެކަންޑަރީ ސްކޫލް (އީޕީއެސްއެސް)" އިން ތައުލީމު ހާސިލުކުރި ދަރިވަރުންތަކެއް އިސްނަގައިގެން "އީޕީއެސް ހަނދާން" ގެ ނަމުގައި ތައްޔާރުކުރި މަޖައްލާގެ ކޮޕީއެއް ހަދިޔާކުރައްވައިފި އެވެ.

މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި އެ މަޖައްލާ ރައީސް އާއި ހަވާލުކޮށްފައިވަނީ އީޕީއެސް ފައުންޑޭޝަންގެ ރައީސް އަހްމަދު ހަމްޒާއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވަނީ، އެ މަނިކުފާނަށް "އީޕީއެސް ހަނދާން" މަޖައްލާގެ ކޮޕީއެއް ހަދިޔާކުރައްވާފައިވާތީ، އީޕީއެސް ފައުންޑޭޝަނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި، އެ މަދަރުސާގެ ހަނދާންތައް އައުކުރުމަށާއި، އެ މަދަރުސާ އަލުން ހުޅުވައި ތައުލީމު އުނގަންނައިދުމުގެ ހިދުމަތް ފެށުމަށް ކުރަމުންދާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި އީޕީއެސް ފައުންޑޭޝަންގެ އިސްވެރިން ވަނީ، އެ މަދަރުސާ އަލުން ހުޅުވުމަށް ކުރަމުންދާ މަސައްކަތުގައި ކުރިމަތިވެފައިވާ ދަތިތަކުގެ މައުލޫމާތު ރައީސް ސޯލިހް އާއި ހިއްސާކުރައްވާފަ އެވެ. 

އެ ބައްދަލުވުމުގައި ރައީސްގެ އަރިހުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ބައިވެރިވެވަޑައިގެންނެވި އެވެ. އަދި އީޕީއެސް ސްކޫލްގެ ގެ ފަރާތުން އީޕީއެސް ފައުންޑޭޝަންގެ ރައީސްގެ އިތުރުން އެ ފައުންޑޭޝަންގެ އެހެން ބައެއް އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. 

އީޕީއެސް ސްކޫލުގެ ކުރީގެ ދަރިވަރުންގެ ހަނދާނުގައި ނެރުނު "އީޕީއެސް ހަނދާން" ގެ ނަމުގައި ތައްޔާރުކުރި އެ މަޖައްލާ ނެރެދެއްވުމާއި، އީޕީއެސް ފައުންޑޭޝަންގެ ވެބްސައިޓް އިފްތިތާހް ކޮށްދެއްވާފައިވަނީ މިމަހުގެ އެއް ވަނަ ދުވަހު ނައިބް ރައީސް ފައިސަލް ނަސީމް އެވެ. 

އީޕީއެސް ސްކޫލް އުފެދުނީ 1968 ވަނަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހުއެވެ. އެ ސްކޫލުން 26,000 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް