ads
މޯލްޑިވިއަންގެ ފްލައިޓެއް--- ފޮޓޯ: މޯލްޑިވިއަން
ފްލައިޓްތައް ކެންސަލްވި ކަމަށް ބުނެ ފަތުރަނީ ދޮގު ހަބަރެއް: މޯލްޑިވިއަން
ފްލައިޓްތައް ކެންސަލްވި ކަމަށްބުނެ ފަތުރަނީ ދޮގު ހަަބަރެއް ކަަމަށާއި އެއްވެސް ފްލައިޓެއް ކެންސަލް ނުވާ ކަމަށް މޯލްޑިވިއަން އިން ބުނެފި އެވެ.

މޯލްޑިވިއަނުން އަންނަނީ ރާއްޖޭގެ 15 ސަރަހައްދަކަށް ދަތުރުތައް ބާއްވަމުންނެވެ. ވީއައިއޭގެ ކްލަސްޓާއަކާއި ގުޅިގެން މޯލްޑިވިއަންގެ ހުރިހާ ފްލައިޓެއް ކެންސަލްވެފައިވާކަމަށް ދައުރުވުމުން ދާ ޕޯސްޓާކާއި ގުޅިގެން މޯލްޑިވިއަނުން ބުނީ ފްލައިޓްތައް ކެންސަލްވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން ދާ ޕޯސްޓަކީ ރަނގަޅު މައުލޫމާތެއް ނޫން ކަމަށެވެ.

އަދި އެއްވެސް ދަތުރުކަށް ބަދަލެއް އަތުވެއްޖެނަމަ މޯލްޑިވިއަންގެ ޓީމުން އެކަން އަންގަމުންދާނެކަމަށެވެ. 

"އަޅުގަނޑުމެންގެ ފްލައިޓްތައް ކެންސަލްވި ކަމަށް ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން ދާ ޕޯސްޓަކީ ރަނގަޅު މަޢުލޫމާތެއް ނޫން ކަން ކަސްޓަމަރުންގެ ސަމާލުކަމަށް ދަންނަވާލަން. ދަތުރުތަކަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ އަޅުގަނޑުމެންގެ ޓީމުން އެކަން އަންގަމުންދާނެ." މޯލްޑިވިއަން އިން ބުނެފައިވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރަސްމީކޮށް ހުޅުވާފައިވާ ހޯރަފުށީ އެއާޕޯޓަށް ޑިމާންޑް ބޮޑުވުމުގެ ސަބަބުން އެ އެއާޕޯޓަށް މިމަހު އިތުރު ފްލައިޓެއް ވެސް ވަނީ ޝެޑިއުލްކޮށްފައެވެ. މޯލްޑިވިއަންގެ ޕީއާރު އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ ޑިމާންޑް ބޮޑުވެ މިމަހުގެ 28 ވާ ހޮނިހިރު ދުވަހަށް އިތުރު ފްލައިޓެއް ޝެޑިއުލްކޮށްފައިވާ ކަމަށެވެ. އަދި މި ހަފްތާގެ ބުރާސްފަތި ދުވަހުގެ ފްލައިޓާއި އެ ދުވަހު ހޯރަފުށިން މާލެއަށް އޮތް ފްލައިޓް ވެސް ފުލްވެފައިވާ ކަމަށް މޫސަ ވިދާޅުވެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް