ads
ފޮޓޯ:އޭއޯ ނިޔުސް--
ހިތަދޫގައި މިއަހަރު ސްކޫލު ޔުނިފޯމް އެއްލާނުލާ ބޭނުންވާ ކުދިންނަށް ދެނީ!
އައްޑޫ ސިޓީ ހިތަދޫގައި މިއަހަރު ސްކޫލު ޔުނިފޯމް އެއްލާނުލާ ބޭނުންވާ ފަރާތްތަކަށް ހަދިޔާ ކުރުމަށް "އެކްސްޗޭންޖް" ޕްރޮގްރާމެއް އެ ސްކޫލްގައި ފެށުމަށް ނިންމައިފި އެވެ.

އެ ސްކޫލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިއަހަރު ސްކޫލްގެ ދަރިވަރުން ސްކޫލްގެ އޮފިޝަލް ޔުނިފޯމް ބޭނުން ކޮށްފައިވަނީ ވަރަށް މަދު ދުވަސްކޮޅެއްގައި ކަމަށް ވާތީ، ޔުނިފޯމްތައް ހުންނާނީ އާކޮށް ކަމަށް ބެލެވޭ ކަމަށެވެ.

އެހެންނަމަވެސް ކުދިންގެ ހެދި ބޮޑުވުމަށް އަންނަ ބަދަލު ތަކުގެ ސަބަބުން، 2021 ވަނަ އަހަރު ޔުނިފޯމް ބޭނުން ނުކުރެވޭނެ ގިނަ ދަރިވަރުންތަކެއް ތިބޭނެކަން ފާހަގަކޮށް އެ ސްކޫލުން ބުނީ، އެގޮތަށްހުރި ބޭނުން ނުކުރެވޭ ޔުނިފޯމްތައް އެއްލާލުމުގެ ބަދަލުގައި، ބޭނުންވާ ފަރާތަކަށް ހަދިޔާ ކުރުމުކީ ވަރަށް ރަނގަޅު ކަމެއް ކަމަށް ބެލެވޭ ކަމަށެވެ.

"އެހެންކަމުން އެކަމަށް އެހީތެރިވުމުގެ ގޮތުން ސްކޫލުން ގަސްތުކުރަނީ ޔުނިފޯމް "އެކްސްޗޭންޖް" ޕްރޮގްރާމެއް ސްކޫލްގައި ފެށުމަށް. އެގޮތުން ދަރިވަރުންނަށް ސައިޒުން ކުޑަވެފައި ހުރި ޔުނިފޯމްތައް ސްކޫލްއާއި ހަވާލް ކޮށްދިނުމުން، ބޭނުންވާ ބެލެނިވެރިންނަށް ޔުނިފޯމް ލިބޭނެގޮތް ސްކޫލްއިން ހަމަޖެއްސޭނެ." ހިތަދޫ ސްކޫލްއިން ބުނެފައިވެއެވެ.

ހިތަދޫ ސްކޫލުން އެ "އެކްސްޗޭންޖް" ޕްރޮގްރާމް ދަށުން އޮފިޝަލް ޔުނިފޯމް ގެ ގޮތުގައި ހިމެނޭ ގަމީސް، ފަޓްލޫން، ޓައި، އަންހެން ކުދިންގެ ޔުނިފޯމް މަތި އަދި ސްކާޓްގެ އިތުރުން ބޫޓާއި ސްޓާކީން އަދި އަންހެންކުދިންނާއި ފިރިހެންކުދިންގެ އެކްޓިވިޓީ ޔުނިފޯމް ވެސް ބަދަލުކުރެވޭނެ ކަމަށް އިއުލާނުގައި ފާހަގަކޮށްފައިވެ އެވެ.

އެ ސްކޫލުން ބުނީ ޔުނިފޯމްތައް ރީއްޗަށް ފަތް ޖަހާފައި ނުވަތަ ކޮނޑެއްގައި އަޅުވާފައި ސްކޫލާއި ހަވާލުކޮށް ދިނުމުން ޔުނިފޯމްތައް ބޭނުންވާ ކުދިންނަށް ސްކޫލުން އެ ޔުނީފޯމްތައް ފޯރުކޮށް ދޭނެކަަމަށެވެ.

މިހާރު ކުރިއަށްދާ މި އަހަރުގެ ފުރަތަމަ ޓާމް ނިމޭނީ ޑިސެމްބަރު ތިން ވަނަ ދުވަހު ގައި ކަމަށް އެކެޑެމިކް ކަލަންޑަރުގައި ވެއެވެ. އެހެންކަމުން އަންނަ އަހަރު ދެވަނަ ޓާމް ކުރިއަށް ގެންގޮސް، އާ ދިރާސީ އަހަރު ފެށޭނީ އޮގަސްޓް 10 ގައި ކަމަށް ކަލަންޑަރުގައި ވެއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް