ads
އައްޑޫ ސިޓީއަށް އެމްޓީސީސީގެ ސީއީއޯ ކުރެއްވި ދަތުރުފުޅުގެ ތެރެއިން--- ފޮޓޯ: އެމްޓީސީސީ
އައްޑޫ ސިޓީގައި އެމްޓީސީސީ އިން ކުރިއަށް ގެންދާ މަޝްރޫއުތައް އާޒިމް ބައްލަވާލައްވައިފި
އައްޑޫ ސިޓީގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށާފައިވާ މަޝްރޫއުތައް ކުރިއަށްދާ ގޮތް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ބައްލަވާލައްވައިފި އެވެ.

އެމްޓީސީސީ އިން އައްޑޫ ސިޓީގައި ފަށާފައިވާ މަޝްރޫއުތައް ބައްލަވާލެއްވުމަށްޓަކައި އެ ކުންފުނީގެ ސީއީއޯ އާޒިމް ކުރެއްވި ޒިޔާރަތުގައި އިއްޔެ އައްޑޫ ސިޓީގެ ކައުންސިލަރުންނާއި ބައްދަލުކުރައްވައި މިހާރު ކުރިއަށްދާ މަޝްރޫއުތައް ހިނގަމުންދާ ގޮތުގެ މައްޗަށް ބައްލަވާލައްވާފައިވެ އެވެ.

އާޒިމް ވަނީ އައްޑޫ ސިޓީގެ ރަށްތައް ކަމަށްވާ ހުޅުދޫ، މަރަދޫ، ފޭދޫ، އަދި މީދޫގައި އެމްޓީސީސީ އިން ހިންގަމުން ގެންދާ މަޝްރޫއުތައް ބައްލަވާލައްވައިފަ އެވެ.

އެގޮތުން އައްޑޫ މީދޫ އާއި ހުޅުދޫގައި އެމްޓީސީސީ އިން ފަށާފައިވާ އެ ރަށްތަކުގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްޓަކައި އެ ރަށްތަކުގެ ކައުންސިލަރުންނާއި އެކު މަޝްރޫއު ހިނގަމުންދާ ސަރަހައްދުތަކަށް ވަޑައިގެންފައިވެ އެވެ. އަދި ވަކިވަކިން ދެ ރަށުގެ ކައުންސިލަރުންނާއި ބައްދަލުކުރައްވައި މަޝްރޫއުތައް ހިނގަމުންދާ ގޮތުގެ މައްޗަށް ބައްލަވާލައްވާފައިވެ އެވެ.

މީގެ އިތުރުން އާޒިމް ވަނީ އައްޑޫ ސިޓީގެ މަރަދޫ އާއި ފޭދޫގައި ކުރިއަށްދާ މަޝްރޫއުތައް ބައްލަވާލެއްވުމަށްޓަކައި އެ މަޝްރޫއުތައް ކުރިއަށްދާ ސަރަހައްދުތަކަށް ޒިޔާރަތް ކުރައްވާފަ އެވެ. އާޒިމް އާއި އެކު މަރަދޫ އާއި ފޭދޫގެ ކައުންސިލަރުން ވެސް މަޝްރޫއުތައް ހިނގަމުންދާ ސަރަހައްދުތަކަށް ޒިޔާރަތް ކުރައްވާފައިވެ އެވެ.

އަދި އާޒިމް ވަނީ އައްޑޫ ހުޅުމީދޫގައި ކުރިއަށްދާ ބަހާއުއްދީން މަގު ތަރައްގީ ކުރުމުގެ މަޝްރޫއު ހިނގަމުންދާ ގޮތްވެސް ބައްލަވައިލައްވާފަ އެވެ. އެ މަޝްރޫއު ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްޓަކައި އާޒިމް އާއި އެކު އައްޑޫ ހުޅުދޫ އާއި މީދޫގެ ކައުންސިލަރުން ވެސް ވަނީ މަޝްރޫއު ހިނގަމުންދާ ސަރަހައްދަށް ޒިޔާރަތް ކުރައްވާފަ އެވެ. 

އެމްޓީސީސީ އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު މަޝްރޫއުތައް ކުރިއަށް ގެންދާ އިރު، ދާދިފަހުން އެ ކުންފުނިން ވަނީ ގދ. ފަރެސްމާތޮޑާގައި އެއާޕޯޓެއް ހެދުމުގެ މަޝްރޫއު އެއްގައި ސޮއިކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް