ads
ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް--
އެސޯސިއޭޝަންތަކުގެ އިންތިހާބު އިލެކްޝަން ކޮމިޝަނުން ބޭއްވުމަކީ އެންމެ ރަނގަޅުގޮތް: ހަސަން
ކުޅިވަރު ގާނޫނަށް ގެނެސްފައިވާ އިސްލާހުގައި ގައުމީ އެސޯސިއޭޝަންތަކުގެ އިންތިހާބުތައް އިލެކްޝަން ކޮމިޝަނުން ބާއްވާގޮތަށް ހިމަނާފައި އޮތުން އެއީ އެންމެ ރަނގަޅުގޮތްކަމަށް އަދިވެސް ގަބޫލުކުރައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ކުޅިވަރު ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ގައުމީ އެސޯސިއޭޝަންތަކުގެ އިންތިހާބުތައް ބާއްވަން މަތިކޮށްފައި އޮތީ އިލެކްޝަން ކޮމިޝަނަށެވެ. ނަމަވެސް މިގޮތަށް އޮތުމުން އެއީ ކުޅިވަރާއިބެހޭ ބައިނަލްއަގްވާމީ ޖަމްއިއްޔާތަކުން ރާއްޖެ ސަސްޕެންޑް ކުރާނެކަމަށް ކަމަށް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ، އެމަނިކުފާނު އަދިވެސް ގަބޫލުކުރައްވާ ގޮތުގައި އެސޯސިއޭޝަންތަކުގެ އިންތިހާބުތައް އިލެކްޝަން ކޮމިޝަނަށް މަތިކޮށްފައި އޮތުން އެއީ ރަނގަޅަށް އޮތް އޮތުމެއް ކަމަށެވެ. 

ހަސަން ލަތީފް ވިދާޅުވީ، ގައުމީ ކުޅުވަރު އެސޯސިއޭޝަންތަކުގެ އިންތިހާބުތައް ދެފުށް ފެންނަ މިނިވަން އަދި ފާރަވެރި ވެވޭނެފަދަ އިންތިހާބުތަކަކަށް ވާންޖެހޭ ކަމަށާއި، އެހެންކަމުން އިންތިހާބުތައް ބާއްވަން ގާނޫނުން މަތިކޮށްގައި އޮތް މިނިވަން މުސްތަގިއްލު މުއައްސަސާއަކުން އެސޯސިއޭޝަންތަކުގެ އިންތިހާބުވެސް ބޭއްވުން އެއީ އެކަމުން ގެއްލުންވާނެ ކަމެއް ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށެވެ. 

ހަސަން ލަތީފް ވިދާޅުވީ، އިސްލާހުގައި އެގޮތަށް ލިޔެފައި އޮތުމުން އެކަމަށް ހިންހަމަޖެހިވަޑައި ނުގަންނަވާ ފަރާތްތަކުން ބަހަނާއެއްގެ ގޮތުގައި އޮލިމްޕިކް ޗާޓަރުގެ ތިން މައްދާއެއް ވިދާޅުވާ ކަމަށާއި، ނަމަވެސް އިލެކްޝަން ކޮމިޝަނުން ދެފުށް ފެންނަ އިނތިހާބެއް ބޭއްވުމުން ރާއްޖެ ސަސްޕެންޑް ވާނެ ޖާގައެއް އެތިން މާއްދާގައިވެސް ނެތްކަމަށެވެ. 

ހަސަން ލަތީފް ވިދާޅުވީ، މިގޮތަށް އިސްލާހުގައި ހިމަނާފައި އޮތީ އެއްވެސް ހާލެއްގައި އޮލިމްޕިކް ޗާޓަރާއި ހިލާފުވުމުގެ ބޭނުމުގައި ނޫން ކަމަށާއި، އަދި އިލެކްޝަން ކޮމިޝަނުން ކުޅިވަރު އިންތިހާބުތައް ބޭއްވުމަކީ އޮލީމްޕިކް ޗާޓަރާއި ހިލާފުކަމެއް ނޫން ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް