ads
ތޮއްޑޫ-- ފޮޓޯ: ސަން
ތޮއްޑޫގައި ފަތުރުވެރިއަކަށް ޖިިންސީ ފުރައްސާރަކުރި މައްސަލައެއް ބަލަނީ
އއ. ތޮއްޑޫގައި ފަތުރުވެރިއަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ ތޮއްޑޫގައި ފަތުރުވެރިއަކަށް ޖިންސީ ފުރައްސާރަކޮށްފައިވާ މައްސަލައެއް އިއްޔެ ހަވީރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

އެކަމުގެ އިތުރު ތަފްސީލު ހިއްސާނުކުރާތީ އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާކަން ނުވަތަ ނޫންކަން ސާފެއް ނުވެ އެވެ.

މިފަހުން ރާއްޖޭގައި ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރަކުރުން ފަދަ މައްސަލަތައް އިތުރުވެފައިވާކަން ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތަކުން އެނގެ އެވެ. އަދި އެފަދަ މައްސަލަތައް ފުލުހުންނަށް ރިޕޯޓްކުރެވޭ މިންވަރު ވެސް ވަނީ އިތުރުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް