ads
ޓައިނީ ހާޓްސް އޮފް މޯލްޑިވްސް--- ފޮޓޯ: ދިރާގު
ފަސޭހަކަމާއެކު އެންޖީއޯތަކަށް އެހީވެވޭނެ ގޮތެއް ދިރާގުން ހަދައިދީފި
ދިރާގު ކަސްޓަމަރުންނަށް ފަސޭހަކަމާއި އެކު އެންޖީއޯތަކަށާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާއަތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތެއް ދިރާގުން ތައާރަފްކޮށްފި އެވެ.

މި އަހަރު ދިރާގުން ނެރުނު ލައިފްސްޓައިލް އެޕް ކަމަށްވާ "ނައުއެމްވީ" މެދުވެރިކޮށް ފަސޭހަ ކަމާއި އެކު އެންޖީއޯތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތް އިއްޔެ ދިރާގުން ހަމަޖައްސާފައިވާ އިރު، އެ އެންޖީއޯތަކުން ބާއްވާ ފަންޑްރެއިޒް ކުރުމުގެ ކެމްޕޭންތަކަށްވެސް ފަސޭހަ ކަމާއިއެކު އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުގެ "ނައުއެމްވީ" އެޕްގައި މިހާތަނަށް ހަތަރު އެންޖީއޯ އެއް ލިސްޓްކުރެވިފައިވާ އިރު، ކޮންމެ އެންޖީއޯ އަކަށް ވެސް ހާއްސަ ފަންޑްރެއިޒާ އެއް ހުޅުވާލެވިފައިވާ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު އެންޖީއޯތައްވެސް ލިސްޓް ކުރެވިގެން ދާނެ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.

ދިރާގުން މިގޮތަށް ނިންމާފައި ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ގިނަ އެންޖީއޯތަކުގެ މަސައްކަތްތަކަށް ފަންޑްރެއިޒް ކުރުމަށް ދަތިތަކާއި ކުރިމަތިވެފައި ވާތީ އެ ފަރާތްތަކަށް ފަސޭހަކަމާއި އެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގު ތަނަވަސް ކޮށްދިނުމަށް ކަމަށް ދިރާގުގެ ބިޒްނެސް ޑިވެލޮޕްމެންޓް މެނޭޖަރު އަހްމަދު ޝިނާއު އަބްދުލްގާދިރު ވަނީ ވިދާޅުވެފަ އެވެ.

"ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ވަރަށް ގިނަ އެންޖީއޯތަކުގެ މަސައްކަތްތަކަށް ފަންޑްރެއިޒް ކުރުމަށް ވަރަށް ގިނަ ދަތިތައް ކުރިމަތިވެފައި ވާތީ ދިރާގު ނައުއެމްވީ އެޕް މެދުވެރިކޮށް އަޅުގަނޑުމެން ބޭނުންވީ އެންޖީއޯ ތަކާއި އަމިއްލަ ފަރާތްތަކާ ގުޅުވާލަދީ، އަމިއްލަ ފަރާތްތަކުން އެފަރާތްތައް ސަޕޯޓްކުރަން ބޭނުންފުޅުވާ ކަމަކަށް ނުވަތަ އެން.ޖީ.އޯ އަކަށް ފަސޭހަކަމާއި އެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގު ތަނަވަސް ކޮށްދިނުމަށް،" ޝިނާން ވިދާޅުވި އެވެ.

މީގެ އިތުރުން، އަލަށް ތައާރަފްކުރި އެ ފީޗާގެ ސަބަބުން އެންޖީއޯތަކުން ކުރާ މަސައްކަތްތަކީ ކޮބައިކަން ދެނެގަނެ، އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ބޭނުންވާ އެންޖީއޯތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެވޭނެ މަގުފަހިވެގެން ދާނެ ކަމަށް ވެސް ދިރާގުން ބުނެއެވެ.

ނައުއެމްވީ އެޕް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވޭނީ ދިރާގުގެ ޕޭމެންޓް ހިދުމަތް ކަމަށްވާ ދިރާގު ޕޭ މެދުވެރިކޮށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް