ads
އަލީ އަޝްފާގު
ނިއުއަށް ދަގަނޑޭ ޖެހި ގޯލް އޭއެފްސީ ކަޕުގެ ފައިނަލްގައި- ވޯޓުލުން ފެށިއްޖެ
ފައިނަލުގައި އެއްކޮޅުން، ނިއުރޭޑިއަންޓަށް ދަގަނޑޭ ޖެހި ގޯލް ވާދަކުރާ އޭއެފްސީ ކަޕް ބްރެކެޓް ޗެލެންޖްގެ ފައިނަލުގެ ވޯޓުލުން މިއަދު ފެށިއްޖެ އެވެ.

އޭއެފްސީގެ މޮޅު ގޯލަށް ވާދަކުރާ ދަގަނޑޭގެ ގޯލަކީ ދެހާސް ތޭރަވަނަ އަހަރު ނިއުގައި އިންޑޮނީޝިއާގެ ޕާސިބޯ ކޮޅަށް ދަގަނޑޭ ޖެހި ހިތްގައިމު ގޯލެވެ.ބްރެކެޓް ޗެލެންޖުގައި ދަގަނޑޭގެ މޮޅު ގޯލާ ވާދަކުރަނީ ހޮންކޮންގގެ ޗަން ސިއު ކީއާގެ ގޯލެކެވެ. އެއީ އޭއެފްސީ ކަޕުގައި މެލޭޝިއާގެ ޕަހާންގް ކޮޅަށް ޖަހާފައިވާ ގޯލެވެ.

ވޯޓުލުން އޮންނާނީ މިއަދުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ މެންދުރު އެކެއް ޖެހުމާ ހަމައަށެވެ. ދަގަނޑޭގެ މި ގޯލުވަނީ އޭއެފްސީ ކަޕުގެ އެންމެ މޮޅު ސޯލޯ ގޯލަށްވެސް ހޮވިފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް