ads
ރައްޔިތުންގެ މަޖިލިސް--
އެއްވެ އުޅުން ހަނިކުރި މާއްދާ އުވާލުމުގެ ބިލް އަނބުރާ ކޮމިޓީއަށް
މާލޭގައި ފުލުހުންގެ ހުއްދައާއެކު މުޒާހަރާކުރެވޭ ގޮތަށް އޮތް ބައި އުނިކޮށް އެއްވެ އުޅުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލް އަނބުރާ ގައުމީ ސަލާމަތާއި ހާރިޖީ ކޮމިޓީއަށް ފޮނުވާލައިފި އެވެ.

ކުރިން ހުއްދަ ހޯދުމަކާ ނުލައި އެއްވެ އުޅުން މަނާކުރުމުގެ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގާނޫނަށް ގެނައި އިސްލާހު ބާތިލްކުރަން ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުﷲ ޖާބިރު މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ އޯގަސްޓް މަހުގެ ތެރޭގަ އެވެ.

އެ ބިލް އަނބުރާ ކޮމިޓީއަށް ފޮނުވާލާފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 50 މެމްބަރުންގެ ވޯޓުންނެވެ. އަދި އެގޮތަށް އަނބުރާ ފޮނުވާލަން ނުފެންނަ ކަމަށް ތިން މެމްބަރަކު ވޯޓު ދެއްވިއިރު ވަކި ގޮތަކަށް ވޯޓު ނުދޭ އެއް މެމްބަރަކު އިންނެވި އެވެ. 

ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމްއަށް ލިބިފައި އޮތް މެޖޯރިޓީ ބޭނުންކޮށްގެން އެއްވެ އުޅުމުގެ މިނިވަންކަން ހަނިކޮށްފައިވާއިރު އެ ގާނޫނު މިހާރު އޮތް ގޮތުން މާލޭގައި މުޒާހަރާކުރެވޭ ސަރަހައްދުގެ ގޮތުގައި ކަނޑައެޅި ހަމައެކަނި ސަރަހައްދަކީ ކާނިވާ ސަރަހައްދެވެ.

އެ މައްސަލަ މަޑުޖެހިފައި އޮތުމަށް ފަހު، މިދިޔަ މަހުގެ 21 ގައި ކުރިއަށް ދިޔަ ކޮމިޓީގައި އެ މައްސަލައިގައި ވަނީ ގޮތެއް ނިންމާފަ އެވެ. އެގޮތުން ކޮމިޓީން ފާސްކޮށްފައި ވަނީ ރައީސް ޔާމީނުގެ ވެރިކަމުގައި ގެނައި އިސްލާހު އުނިކުރުމަށެވެ. 

އެގޮތުން ކުރިން އޮތް ގޮތަށް ހުއްދައަކާ ނުލާއި މާލޭގައި އެއްވެވޭ ގޮތަށް ބަދަލުކުރުމަށް ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ހުށަހެޅުއްވިއިރު އެ ހުށަހެޅުމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު ތާއީދުކުރެއްވި އެވެ. 

އެއްވެ އުޅުމުގެ ހައްގު ހަނިކުރުމަށާއި ހިޔާލުފާޅުކުރުމުގެ ހައްގު ހަނިކުރުމަށް ގާނޫނުތަކަށް ރައީސް ޔާމީންގެ ސަރުކާރުން ގެނެސްފައިވާ އިސްލާހުތައް އުވާލުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް