ads
ސެލްފް ޑިފެންސް ޓެކްނީކެއް--
އަމިއްލަ ދިފާއު ވަަރުގަދަ ކުރަން މި އުކުޅުތައް ދަސްކުރޭ!
އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ދުވަހު އެކި ފަރާތްތަކުން އަންނަނީ އެފަދަ އަނިތާއް ހުއްޓާލުމަށް އިތުރަށް މަސައްކަތް ކުރަން ޖެހޭ ކަން ފާހަގަކުރަމުންނެވެ. އަންހެނަކަށް ވީތީ ފުރައްސާރަ އާއި ގޮންޖެހުންތަކާ ދިމާވާ ފަދައިން އަނިޔާއަކީ ވެސް އާއްމުކޮށް ކުރިމަތިވާ ކަމެކެވެ. އެހެންކަމުން މިފަދަ ކަންކަމުން އަމިއްލަ ނަފްސު ދިފާއުކުރަން ދަސްކުރުން މުހިއްމެވެ.

ރާއްޖޭގައި ވެސް ރޭޕް އާއި ގެވެށި އަނިޔާ އާއި ރަހީނު ކުރުމުގެ މައްސަލަތައް ދުވަހަކަށް ވުރެ ދުވަހެއް ދަނީ އިތުރުވަމުންނެވެ. މިފަދަ ކުށްތަކުގެ ޝިކާރައަކަށް އެންމެ ގިނައިން ވަނީ އަންހެނުންނާއި ކުޑަކުދިންނެވެ. ސެލްފް ޑިފެންސް ދަސްކޮށްދޭ ކުލާސްތައް ދުނިޔޭގެ ގައުމުތަކުގައި ކިޔަވައިދޭ އެއް ސަބަބަކީ މިކަހަލަ އަނިޔާއިން އަންހެނުން ސަލާމަތް ކުރުމެވެ. ތިރީގައި މި ވަނީ އެންމެ އާދައިގެ ސެލްފް ޑިފެންސް ބައެއް ޓެކްނީކެވެ.

ހޭންޑް ސްޓްރައިކް

އަތް ސީދާކޮށް ދަމާލާފައި އަތުގެ އިނގިލިތައް ލަންބާލާ، އަތްތިލަ ލައްޕާށެވެ. އަނިޔާއެއް ދޭން އަންނަ މީހާގެ ކަރުގެ އެއް ފަރާތުގައި މިގޮތަށް ހެދުމަށް ފަހު ޖެހުމުން، އެމީހެއްގެ ކައިރިން ސަލާމަތްވުމަށް ވަގުތުކޮޅެއް ލިބޭނެ އެވެ.

އިސްތަށިގަނޑު ސަލާމަތް ކުރުން

މީހަކު އިސްތަށިގަނޑުގައި ހިފާ ދަމާ ނަމަ އެންމެ ފުރަތަމަ ވެސް އެމީހާގެ އަތަށް ހަމަލާ ދޭށެވެ. ތެޅި ފޮޅުމުގެ ބަދަލުގައި މަރުތޭލަކުން ޖަހާ ގޮތަށް އަތުގެ އުޅަނބޮއްޓާ ދިމާލުން ކަށިގަނޑުގައި ބާރަށް ޖަހާށެވެ. ބާރަށް ޖެހިއްޖެ ނަމަ އެމީހެއްގެ އަތް އައްސިވެ، ސަލާމަތް ވާން ވަގުތު ލިބޭނެ އެވެ. 

އުޅަނބޮށި ބޭނުން ކުރުން

ސެލްފް ޑިފެންސް ޓެކްނީކްތަކުގެ ތެރޭގައި އުޅަނބޮށިން ކުރެވޭ ގިނަ ޓެކްނީކްތައް ހުރެ އެވެ. އަދި މީހެއްގެ ކައިރިން ސަލާމަތްވުމަށް އެންމެ ފަސޭހަ އުކުޅަކީވެސް އުޅަނބޮށި ބޭނުން ކުރުމެވެ. މީހަކު ހަމަލާ ދޭން ގާތްވަމުން ދާ ނަމަ އުޅަނބޮށިން ކަރުގެ އެއް ފަރާތުގައި ނުވަތަ މޭ ކަށިގަނޑުގައި ޖަހާށެވެ.

ކަންފަތް މަތީ ޖެހުން

މި އުކުޅު އެންމެ ރަނގަޅަށް މަސައްކަތް ކުރަނީ ކުއްލިއަކަށް ބޭނުން ކުރުމުންނެވެ. އަތްތިލަ ރަނގަޅަށް ހުޅުވާލުމަށް ފަހު ބާރަށް ކަންފަތް މަތީގައި ޖެހުމުން ސަލާމަތް ވާން ރަނގަޅު ފުރުސަތެއް ލިބޭނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް