ads
ހެރީ އައި މޭގަން އާޗީ އާއެކު--
ޕްރިންސް ހެރީ އާއި މޭގަންގެ ދެވަނަ ދަރިފުޅު ބައިގެން ހިނގައްޖެ
އިނގިރޭސި ޝާހީ އާއިލާގެ ޑަޗަސް އޮފް ސަސެކްސް އަދި ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން މާކަލްގެ ދެވަނަ ދަރިފުޅު ބައިގެން ދިޔަކަން ހާމަކޮށްފި އެވެ.

މޭގަން ލިޔެފައިވާ އާޓިކަލެއްގައިވާ ގޮތުން އެ ހާދިސާ ހިނގީ މިދިޔަ ޖުލައި މަހު އެވެ. އަދި ދެވަނަ ދަރިފުޅު ބީވެގެން ދިޔުމުން މޭގަން އާއި ހެރީއަށް ވެސް ފުންހިތާމައެއް ކުރިމިތިވި ކަމަށް ލިޔެފައި ވެއެވެ.

އެ ވާހަކަ ލިޔެފައިވަނީ ނިއު ޔޯކް ޓައިމްސްގަ އެވެ. މޭގަން ލިޔެފައިވާ ގޮތުން ދަރިފުޅު ބީވެގެން ދިޔުމުން މުޅި މި އަހަރުވެސް އެކަމުގެ ހިތާމައާ ކުރިމަތިލަމުންދާ ކަމަށެވެ. 

އުމުރުން 39 އަހަރުގެ އެކްޓްރެސް ލިޔެފައިވާ ގޮތުގައި އެ ތަޖުރިބާ ހިއްސާ ކުރުމުގެ ބޭނުމަކީ އެފަދަ ކަންކަމާ މެދު ހޭލުންތެރިކަން އިތުރުކޮށް، އެކަކު އަނެކަކުގެ ހާލު ބެލުމަށް ބާރު އެޅުމެވެ. 

ރިޕޯޓުތައް ބުނާ ގޮތުން އެ ހާދިސާއަށް ފަހު މިހާރު މޭގަންގެ ހާލު ރަނގަޅެވެ. މޭގަން އާއި ހެރީ ވަނީ ޝާހީ ޒިންމާތަކާ ދުރަށް ޖެހި، ދިރިއުޅުން އެމެރިކާގެ ކެލިފޯނިއާއަށް ބަދަލުކޮށްފަ އެވެ. 

އެމީހުންގެ ފުރަތަމަ ދަރިފުޅު އާޗީ އުފަންވެފައި ވަނީ މޭ 6 2019 ގައެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް