ads
މިނިސްޓަރު އައިޝަތު އަލީ---
ޝާމިލުކޮށްގެން ތައުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތު އިފްތިތާހު ކޮށްފި
"ތައުލީމީ ގާނޫނުގައި" ބަޔާންކޮށްފައިވާ ކަންކަމުގެ މައްޗަށް ރިއާޔަތްކޮށް އެކުލަވާލާފައިވާ "ޝާމިލުކޮށްގެން ތައުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތު" އަދި ސްޓްރެޓެޖިކް އެކްޝަން ޕްލޭން މިއަދު އިފްތިތާހް ކުރައްވައިފި އެވެ.

މިއަދު އޮންލައިންކޮށް ބޭއްވުނު ރަސްމިއްޔާތެއްގައި އެ ސިޔާސަތާއި އެކްޝަން ޕްލޭން އަދި ވެބްސައިޓް އިފްތިތާހްކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީއެވެ. 

އެ ސިޔާސަތު އެކުލަވާލައިފައިވާނީ މިއަހަރު ގެޒެޓުކުރި "ތައުލީމީ ގާނޫނުގައި" ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން ބައިނަލްއަގުވާމީ މުއާހަދާތަކަށް ރިއާޔަތް ކުރުމާއެކު ޔުނެސްކޯގެ އިންކުލޫސިވް އެޑިޔުކޭޝަން ފުރޭމް ވޯކް ގައިވެސް ހިމަނާފައިވާ ކަންކަމަށް ރިއާޔަތްކޮށްގެންނެވެ.  

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ސިޔާސަތުގައި ފާހަގަކުރެވޭ އެންމެ މުހިންމު ބައިތަކަކީ ޅަފަތުގެ ތައުލީމާއި ތަރުބިޔަތަށް ހާއްސަ ސަމާލުކަމެއް ދީފައިވުމާއި، ކަމާ ގުޅުންހުރި މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުމާއި، މުޅި ސްކޫލު އެކަމުގައި ޝާމިލުކުރުވުން ކަމަށެވެ. 

މިއަދު އިފްތިތާހް ކުރި ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާނީ ޑިޕާޓްމަންޓް އޮފް އިންކުލޫސިވް އެޑިޔުކޭޝަނުން 2021 ން 2025 ށް ކުރިއަށް ގެންދަން ޖެހޭ ހަރަކާތްތަކާއި އެ ހަރަކާތްތައް ހިންގުމަށް ބޭނުންވާ ވަސީލަތްތައް ތަރުތީބު ކުރާނެ މައިގަނޑު ކަންކަމެވެ.

އޭގެ އިތުރުން މިއަދު ބޭއްވި އެ ރަސްމިއްޔާތުގައި ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިއުކޭޝަންގެ ވެބްސައިޓުވެސް ވަނީ އިފްތިތާހު ކޮށްފައެވެ. 

އެ ވެބްސައިޓް މެދުވެރިކޮށް އިންކުލޫސިވް އެޑިޔުކޭޝަންއާ ގުޅޭ ގޮތުން ސްކޫލުތަކާއި ބެލެނިވެރިންނާއި ދަރިވަރުންނަށް ކަމާއި ގުޅުންހުރި މައިގަނޑު ނަންތަކުގެ ތެރެއިން އާއްމުކޮށް މިހާތަނަށް ރާއްޖެއިން ލިބެން ނެތް ގިނަ މައުލޫމާތުތަކެއް ލިބޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް