ads
ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ-- ފޮޓޯ:ޕީއެސްއެމް
ދީނުގެ ނަމުގައި ހިންގާ ލާއިންސާނީ އަމަލްތައް ބަލެއް ނުގަނެވޭނެ: ޖެންޑާ މިނިސްޓަރު
އިސްލާމްދީނުގެ ނަމުގައި ހިންގާ ލާއިންސާނީ އަމަލުތަކަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ޖެންޑާ މިނިސްޓަރު މިހެން ވިދާޅުވީ ރުގްޔާގެ ނަމުގައި ހަތަރު މައިން ރަހީނުކޮށް އަނިޔާ އާއި ޖިންސީ ގޯނާ ދިން މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައި އެކަން ބެލުމަށް އާއްމުން ގޮވާލަމުންދާ ދަނޑިިވަޅެއްގަ އެވެ. 

އަދި އެ މައްސަލައިގައި އަނިޔާ ލިބިފައިވާ ފަރާތްތަކަށް ބޭނުންވާ އިޖްތިމާއީ އެހީތެރިކަމާއި ރައްކާތެރިކަން އެ އާއިލާއަށް ދެމުންދާކަމަށް ޖެންޑާ މިނިސްޓްރީން ވަނީ ވިދާޅުވެފަ އެވެ. 

މިނިސްޓަރު ވަނީ އެފަދަ މައްސަލަތަކަށް ކުރިއަށްވުރެ ބޮޑަށް އަމިއްލަ ނަފްސު ހޭލުންތެރިކުރަން ފެށުމަށް އެދިވަޑައިގެންފަ އެވެ. އަދި އެފަދަ އެއްވެސް އަނިޔާއެއް ތަހަންމަލު ކުަރަމުންދާ ކަން އިނގޭ ހިސާބުން ވީހާވެސް އަވަހަކަށް ރިޕޯޓް ކުރުމަށް ވެސް އެދިވަޑައިގަތެވެ. 

މިނިސްޓަރު ވިދާޅުވީ އެފަދަ އަނިޔާތަކާއި ދެކޮޅަށް މުޅި މުޖުތަމައު އެކީ ތެދުވެ، އެފަދަ އަނިޔާތަކަށް "ނޫނެކޭ" ބުނަންޖެހޭ ކަމަށެވެ.

ރުގަޔާގެ ނަމުގައި ހަތަރު މައިން ރަހީނުކޮށް ދީފައިވާ ލާއިންސާނީ އަނިޔާތަކުގެ ވާހަކަ ފެންމަތިވެގެން އައީ ނޫހެއްގައި އެ ވާހަކަތައް ލިޔުމާއެކު އެވެ. 

އެ މައްސަލައިގައި އަނިޔާ ލިބިފައިވާ ފަރާތްތަކަށް ބޭނުންވާ އިޖްތިމާއީ އެހީތެރިކަން ދިނުމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އާއިލާއާއިއެކު މަސައްކަތް ކުރަމުންދާ ކަމަށް ޖެންޑާ އިން ބުނެ އެވެ. އެ މައްސަލަ ފުލުހުންނާއި ޖެންޑާއިން ވެސް ދަނީ ބަލަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް