ads
ކޮވިޑް
ރާއްޖެ އިން އިތުރު 44 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
އިތުރު 44 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

މިރޭ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކުރި މައުލޫމާތުގައިވާ ގޮތުން އިއްޔެ އިރުއޮއްސި 6:00 އިން މިއަދުގެ އިރުއޮއްސި 6:00 އަށް 1،516 ސާމްޕަލް ނަގާފައިވާ އިރު، 44 މީހުންނަށް ކޮވިޑް-19 ޖެހިފައިވެ އެވެ.

އޭގެ ތެރެއިން މާލޭ ސަރަހައްދުން 34 މީހަކަށް ކޮވިޑް-19 ޖެހިފައިވެ އެވެ. އަދި ރިސޯޓްތަކުން 2 މީހަކަށް ކޮވިޑް-19 ޖެހިފައިވާ އިރު، ހަދަމުންދާ ރަށްތަކުން 8 މީހަކަށް ކޮވިޑް-19 ޖެހިފައިވެ އެވެ.

މިހާތަނަށް ރާއްޖެއިން ޖުމްލަ 12،854 މީހުންނަށް ކޮވިޑް-19 ޖެހިފައިވާ އިރު، އޭގެ ތެރެއިން 11،681 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. 1،120 އެކްޓިވް ކޭސްތައް އަދިވެސް އުޅޭއިރު، 95 މީހުންނަށް ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދެ އެވެ. ކޮވިޑް-19 ޖެހިގެން ރާއްޖެއިން މަރުވެފައިވަނީ 46 މީހުންނެވެ.

ރާއްޖޭގައި ކޮވިޑް-19 ގެ ކޭސްތައް މަދުވެފައިވީ ނަމަވެސް، ދާދިފަހުން ކޮވިޑް-19 ގެ ކޭސްތައް ރެކޯޑް ކުރެވިފައިވާ އަދަދު ވަނީ އިތުރުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް