ads
ޝުޖާއު ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވަނީ--
ފަނޑިޔާރަކަށް ނިސްބަތްކޮށް ޝުޖާއު ދައްކާފައިވާ ވާހަކަ ބަލައި ފިޔަވަޅު އެޅުމަށް ގޮވާލައިފި
ފަނޑިޔާރު އަލީ ރަޝީދަށް ނިސްބަތްކޮށް، ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ދައްކާފައިވާ ވާހަކަތައް ބަލައި ފިޔަވަޅު އެޅުމަށް ދިވެހި ފަނޑިޔާރުންގެ ޖަމިއްޔާއިން ގޮވާލައިފި އެވެ.

ފަނޑިޔާރުންގެ ޖަމްއިއްޔާއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ "ދިޑެއިލީ" އޮންލައިން ނޫހުގައި މިއަހަރުގެ ނޮވެންބަރު 22 ވަނަ ދުވަހު ޝާއިއުކޮށްފައިވާ ލިއުމުގައި، ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު، "އަލީ ރަޝީދު އުމުރުގެ ބާކީ އޮތް ދުވަސްތައް ހޭދަކުރަންޖެހޭނީ ޖަލުގަ" ކަމަށް ބުނެ، ޝުޖާއު ވާހަކަ ދައްކާފައިވާ ކަމަށް އެ ލިއުމުގައި ލިޔެފައިވާ ކަމަށެވެ.

އަދި އެވާހަކަތަކަކީ ފަނޑިޔާރު އަލީ ރަޝީދަށް އިންޒާރުދީ ދައްކާފައިވާ ވާހަކަތަކެއް ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ. އެހެންކަމުން ފަނޑިޔާރު އަލީ ރަޝީދަށް އިންޒާރުދީ ޝުޖާއު ދައްކަވާފައިވާ ވާހަކަތަކާއިމެދު އެ ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކޮށް އެ ވާހަކަތައް އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާކަމަށް ބުނެފައިވެއެވެ.

"އިބްރާހީމް ޝުޖާޢު ބުނެފައިވާ އެ ވަހާކަތަކަކީ، ފަނޑިޔާރު އަލްއުސްތާޒް އަލީ ރަޝީދު ހުސައިނަށް އިންޒާރުދީ ދައްކާފައިވާ ވާހަކަތަކަށްވާތީ، ދިވެހި ފަނޑިޔާރުންގެ ޖަމްއިއްޔާއިން ކަންބޮޑުވުން ފާޅުކޮށް އެ ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ." އެޖަމިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އެ ޖަމިއްޔާއިން ނެރުނު ބަޔާނުގައި ބުނީ އިންޒާރުދީ ދައްކާފައިވާ އެވާހަކަތަކާ މެދު ކަމާބެހޭ ފަރާތްތަކުންނާއި އިދާރާތަކުން ބަލަންޖެހޭ ކަންކަން ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެ ޖަމްއިއްޔާއިން ގޮވާލާ ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް