ads
ކޮވިޑް ސާމްޕަލެއް ނަގަނީ--
ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 60 މިލިއަނަށް
ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު 60 މިލިއަން ފަހަނަހަޅައި ހިނގައްޖެ އެވެ.

މިދިޔަ ޑިސެމްބަރުގައި ޗައިނާގެ ވޫހާން އިން ފެނުނު ކޮވިޑަށް މިހާތަނަށް 60.7 މިލިއަނަށް މީހުން ޕޮޒިޓިވްވެފައިވާއިރު، 1.42 މިލިއަނަށް ވުރެ ގިނަ މީހުން ކޮވިޑް-19 ގެ ބަލިމަޑުކަމުގައި މަރުވެފައިވެ އެވެ.

ކޮވިޑް-19 ގެ ސަބަބުން ހާލަތު އެންމެ ގޯސްވެފައިވާ ގައުމު ކަމަށްވާ އެމެރިކާ އިން 12.8 މިލިއަނަށް ވުރެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވްވެފައިވާ އިރު، ދެވަނަ އަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ އިންޑިއާ އިން 9.2 މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވެ އެވެ.

ކޮވިޑް-19 ޖެހިގެން 1.42 މިލިއަނަށް ވުރެ ގިނަ މީހުން މަރުވެފައިވީ ނަމަވެސް، 42.0 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.

ބައެއް ކުންފުނިތަކުން ކޮވިޑް-19 އާ ދެކޮޅަށް ވެކްސިން އުފެއްދުމުގެ މަސައްކަތް ކުރާއިރު، ދާދިފަހުން އެމެރިކާގެ ފައިޒާ އާއި ޖަރުމަނުގެ ބައޮއެންޓެކް ގުޅިގެން އުފެއްދި ވެކްސިން އިން 95 އިންސައްތަ ރައްކާތެރިކަން ލިބޭކަމަށް ދެ ކުންފުނިން ހާމަކޮށްފައިވެ އެވެ. ދެ ކުންފުނިންވެސް މި ކަން ހާމަކޮށްފައި ވަނީ އެމެރިކާގެ މޮޑާނާ ކުންފުނީގެ ވެކްސިން އިން 94.5 އިންސައްތަ ރައްކާތެރިކަން ލިބޭ ކަމަށް އެ ކުންފުނިން ހާމަ ކުރިތާ ދުވަސްކޮޅެއް ފަހުންނެވެ.

އިއްޔެ އެކަނިވެސް 609،207 މީހުންނަށް ކޮވިޑް-19 ޖެހިފައިވާ އިރު، 12،007 މީހުން ވަނީ މި ބަލީގައި މަރުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް