ރޭ ފަތިހު، ޑރ. އިބްރާހީމް އުމަރު މަނިކް އަވަހާރަވީ ސިންގަޕޫރުގައި ހިތްޕުޅުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
އުމުރުފުޅުން 68 އަހަރުގައި އަވަހާރަވިއިރު ޑރ. އިބްރާހީމް އުމަރު މަނިކްއަކީ ރާއްޖޭގެ އެންމެ ފުރަތަމަ ހޭނައްތާ ޑޮކްޓަރެވެ.
މަނިކް އަވަހާރަވިއިރު ދުނިޔޭގައި އަނބިކަނބަލަކާއި ދޭ ބޭފުޅުން އެބަ ތިއްބެވި އެވެ.
ޔުނިވާސަލްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ އިބްރާހީމް އުމަރު މަނިކަކީ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އުމަރު މަނިކް (އެމްޔޫ މަނިކް) ގެ ކޮއްކޯފުޅު ވެސް މެ އެވެ.