ads
މީޑިއާނެޓް--- ފޮޓޯ: ވިކިޕީޑިއާ
އިތުރު 30 ދުވަހަށް މީޑިއާނެޓުގެ ހުރިހާ ޗެނަލެއް ހިލޭ
އަލަށް ހިދުމަތަށް އެދޭ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއް މީޑިއާނެޓުން ފަށައިފި އެވެ.

ރާއްޖޭގައި ކޭބަލް ޓީވީގެ ހިދުމަތްދެމުންދާ އެންމެ ގިނަ ދުވަސްވީ ކުންފުނި ކަމަށްވާ މީޑިއާނެޓުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި ޕްރޮމޯޝަންގެ ދަށުން އަލަށް ހިދުމަތަށް އެދޭ ފަރާތްތަކަށް ހާއްސަ އަގުތަކެއް ކަނޑައަޅާފައިވެ އެވެ.

މި އަހަރުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގެ ދަށުން އަލަށް ހިދުމަތަށް އެދޭ ފަރާތްތަކުން އިތުރު 30 ދުވަސް ވަންދެން މީޑިއާނެޓުގެ ހުރިހާ ޗެނަލް އެއް ބަލައިލެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެ ކުންފުނީގެ ކަސްޓަމާ ސާވިސްގެ އިތުރުން ރަށްތަކުގައި ތިބި އެ ކުންފުނީގެ އޭޖެންޓުންނާއި ގުޅިގެން އެ ރަށްތަކަށް ކަނެކްޝަން ގުޅައިދިނުމާއި ގުޅޭ ގޮތުން މައުލޫމާތު ސާފުކުރެވޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކަށް މީޑިއާނެޓުން ހިދުމަތް ފޯރުކޮށްދެމުންދާ އިރު، އެ ކުންފުނިން ދޭ ހިދުމަތް ރާއްޖޭގެ 164 ރަށަކަށް ލިބިގެން ދާނެ އެވެ.

27%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
73%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް