ads
އެމްޕީއެލް ސަރަހައްދު--
ލޮކްޑައުންގައި ހިންގި އެމްޕީއެލްގެ ކޮރަޕްޝަނުގެ ބޮޑު މައްސަލައެއް ބަލަނީ
ކޮވިޑް-19 އާ ގުޅިގެން ލޮކްޑައުންގެ މުއްދަތުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މުވައްޒަފުންތަކެއް ކޮރަޕްޝަން ހިންގި މައްސަލައެއް ބަލަން ފަށައިފި އެވެ.

އެމްޕީއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19 އާ ގުޅިގެން، ލޮކްޑައުންގައި އެ ކުންފުނީގެ އޮޕަރޭޝަންސް ހިންގި މުއްދަތުގެ ތެރޭގައި ކުންފުނިން ކޮށްފައިވާ ބައެއް މުއާމަލާތްތަކުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިނގާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. 

އެކަމާއި ގުޅިގެން، އެ ކުންފުނީގެ އިންޓާނަލް އޮޑިޓުން ރިޕޯޓެއް އެކުލަވާލާފައިވާ ކަމަށާއި އަދި އެ މައްސަލައިގައި އިތުރަށް ބަލަން ޖެހޭ ކަންތައްތަކެއް ހުރުމާއެކު އެ ކަންތައްތައް ބެލުމަށް ތަހުގީގެއް ހިންގަމުންދާ ކަމަށް ވެސް އެމްޕީއެލް އިން ބުނެ އެވެ. 

އެމްޕީއެލް އިން ބުނީ އެ މައްސަލައާ ގުޅިގެން އެ ކުންފުނިން ހިންގަމުންދާ ތަހުގީގުގައި މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބިނާކޮށް، އެކަމުގައި ޝާމިލްވާކަމަށް ޝައްކުކުރެވޭ މުވައްޒަފުން މިހާރު ވަނީ ސަސްޕެންޑްކޮށް، މަސައްކަތުން އެކަހެރިކުރެވިފައި ކަމަށެވެ. 

އަދި އެ މައްސަލައާ ގުޅިގެން މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުގެ އަލީގައި، އެ މައްސަލަ އިތުރަށް ތަހުގީގުކުރުމަށް، ފުލުހުންނާއި އޮޑިޓާ ޖެނެރަލްގެ އޮފީސް އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިހާރު ހުށަހަޅާފައިވާ ކަމަށް ވެސް ބުނެ އެވެ. 

އޭގެ އިތުރުން ބަޔާނުގައި އެމްޕީއެލް އިން ބުނީ ކޮރަޕްޝަންގެ މައްސަލަތަކަކީ އެ ކުންފުނިން ވަރަށް ސީރިއަސްކޮށް ބަލާނެ މައްސަލަތަކެއް ކަމަށާއި އަދި އެފަދަ އަމަލެއްގައި ޝާމިލްވާ މުވައްޒަފަކާމެދު، އެ ކުންފުނިން ގާނޫނާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ
ކަމަށެވެ. އެ މައްސަލައާ ގުޅިގެން މިހާތަނަށް ފާހަގަކުރެވިފައިވާ ކަންތައްތަކަށް ރިޔާއަތްކޮށް، އެފަދަ ކަމެއް ތަކުރާރުވެ ނުދިއުމަށް މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތައް ކުންފުނިން އަޅަމުންދާކަމަށް ވެސް ބުނެފައިވެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް