ads
ފޮޓޯ: ޖޭއެސްސީ
ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް ހާތިފް އައްޔަނުކޮށްފި
ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށް އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ހާތިފް ހިލްމީ އައްޔަނުކުރައްވައިފި އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފައިވަނީ ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް އަދި ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް އައްޔަނުކުރުމަށް ނިންމި ބޭފުޅުނަށް މަގާމުގެ ފަތްކޮޅު އަރުވާފައިވާ ކަމަށެވެ. 

އެގޮތުން ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް އައްޔަނުކޮށްފައިވަނީ އައްއުސްތާޛު ހާތިފް ހިލްމީ އެވެ.

ޖޭއެސްސީގައި ބޭއްވި ރަސްމިއްޔާތުގައި އިސް ފަނޑިޔާރު ކަމުގެ ފަތްކޮޅު ހާތިފްއަށް އަރުވާފައިވަނީ ޖޭއެސްސީގެ ރައީސް ހިސާން ހުސައިން އެވެ. 

ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް އައްޔަނުކުރި ހާތިފް ހިލްމީ އަކީ އިންގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީ އިން ބެޗްލާފް އޮފް ލޯ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.އ ަދި މީގެ އިތުރުން ސިވިލް ކޯޓުގެފަނޑިޔާރެއްގެ ގޮތުގައި 10 އަހަރު އަދި ހައި ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި 11 މަސް ހިދުމަތްކުރައްވާފައިވެ އެވެ. 

ހައިކޯޓުގައި އިސް ފަނޑިޔާރެއްގެ ގޮތުން އެންމެ ފަހުން ހުންނެވީ ފަނޑިޔާރު ޝުޖާއު އުސްމާނެވެ. އޭނާ މަގާމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވީ މަގާމުން ވަކިކުރުމަށް ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް