ads
ފޮޓޯ: ޖޭއެސްސީ
ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް ޝަކީލް އައްޔަނުކޮށްފި
ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމަށް އަލްއުސްތާޛް އަހުމަދު ޝަކީލް އައްޔަނު ކުރައްވައިފި އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފައިވަނީ ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް އަދި ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް އައްޔަނުކުރުމަށް ނިންމި ބޭފުޅުނަށް މަގާމުގެ ފަތްކޮޅު އަރުވާފައިވާ ކަމަށެވެ.

އިސް ގާޒީގެ މަގާމަށް ޝަކީލް އައްޔަނުކޮށް މަގާމުގެ ފަތްކޮޅު އަރުވާފައިވަނީ މިއަދު ޖޭއެސްސީގައި ބޭއްވި ރަސްމިއްޔާތުގަ އެވެ. އެގޮތުން މަގާމުގެ ފަތްކޮޅު އަރުވާފައިވަނީ ޖޭއެސްސީގެ ރައީސް ހިސާން ހުސައިން އެވެ. 

އަލްއުސްތާޛް އަހުމަދު ޝަކީލް ވަނީ ވިލާ ކޮލެޖުން ބެޗްލާ އޮފް ޝަރީއާ އަދި ޝަރީއާއިން މާސްޓާސް ހާސިލުކުރައްވާފަ އެވެ. މީގެ އިތުރުން ޝަކީލަކީ ފަނޑިޔާރުކަމުގައި 17 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެއްކަމަށް ޖޭއެސްސީން މައުލޫމާތުދެ އެވެ. ގާޒީ ޝަކީލް މީގެ ކުރިން ވަނީ ޖުވެނައިލް ކޯޓާއި ސިވިލް ކޯޓު އަދި ފެމިލީ ކޯޓުގައި މަސައްކަތް ކުރައްވާފަ އެވެ. 

ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ ގޮތުގައި އެންމެ ފަހުން ހުންނެވީ އަހުމަދު ހައިލަމް އެވެ. ހައިލަމް މަގާމުން އިސްތިއުފާ ދެއްވާފައިވަނީ އޭނާ މަގާމުން ދުރުކުރުމަށް ޖޭއެސްސީން ނިންމާ މަޖިލީހަސް މައްސަލަ ފޮނުވާަފައިވަނި ކޮށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް