ads
ް
ދެ އަހަރު ފަހުން ތާވަލުކުރި އަޑުއެހުން ކެންސަލް ކޮށްފި
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރުކޮށް ބަންދުކުރުމަށް ނިންމި މައްސަލައިގައި ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލަ ދެ އަހަރު ފަހުން ތާވަލު ކުރުމަށް ފަހު ކެންސަލް ކޮށްފި އެވެ.

ދެހާސް ސަތާރަ ވަނަ އަހަރުގެ ތެރޭގައި ފާރިސް ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނީ ރިޝްވަތު ދިންކަމުހެ ތުހުމަތުގަ އެވެ. އެ މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކުރި މައްސަލަ ހައިކޯޓުގައި އޭރު އިސްތިއުނާފު ކުރި އިރު، އެ މައްސަލައިގައި އަދިވެސް ހުކުމެއް ކޮށްފައެއް ނުވެ އެވެ. 

އެ މައްސަލަ މިއަދު ހައިކޯޓުގައި ތާވަލުކޮށްފައި އޮތް އިރު، އަޑުއެހުން ކެންސަލް ކުރި ސަބަބެއް ސާފެއް ނުވެ އެވެ. 

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފާރިސްގެ މައްޗަށް ގިނަ ދައުވާތަކެއް އުފުލާފައިވެ އެވެ. އޭގެތެރޭގައި ޓެރަރިޒަމްގެ ދައުވާ އާއި ރިޝްވަތު ދިނުމުގެ ދައުވާ ހިމެނެ އެވެ. އަދި އޭގެ އިތުރުން ޝަޚްސު އޮޅުވާލި ކަމަށް ބުނެ ފާރިސްގެ މައްޗަށް ޖަލު ހުކުމެއްވެސް އިއްވާފައިވެ އެވެ. އެ މައްސަލައިގައި އިއްވި ހަތަރު މަހާއި 24 ދުވަހުގެ ޖަލުހުކުމް ފަހުން ހައިކޯޓުން ވަނީ ބާތިލުކޮށްފަ އެވެ. ފާރިސްގެ މައްޗަށް މި ދައުވާތައް އޭރު އުފުލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ފާރިސް އިސްކޮށް ހަރަކާތްތެރިވާން ފެށި ހިސާބުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް