ads
ފޮޓޯ: އެމްއެންޔޫ
ގައުމީ ޔުނިވާސިޓީގެ އެކްޝަން ޕްލޭން ނެރެފި
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ސްޓްރެޓެޖިން އެކްޝަން ޕްލޭން އިފްތިތާހުކޮށްފި އެވެ.

އެމްއެންޔޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްލޭން އިފްތިތާހުކޮށްދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން އެވެ. 

އެމްއެންޔޫގެ އެކްޝަން ޕްލޭނަކީ 2020 ވަނަ އަހަރުން 2025 ގެ ނިޔަލަށް ތައްޔާރުކޮށްފައިވާ ޕްލޭނެކެވެ. އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ޔުނިވާސިޓީގެ ދައުރު ވަރަށް މުހިއްމު ކަމަށެވެ. 

މިނިސްޓަރު ވަނީ އެމްއެންޔޫގެ ފެންވަރާއި މެދު ސުވާލު އުފައްދާނެ ޖާގަދީގެން ނުވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. އަދި މީހުން ބިނާކުރުމުގެ މަސައްކަތަށް އެމްއެންޔޫގެ ދައުރު މުހިއްމުކަން ފާހަގަކުރެއްވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް