ads
ޓީއޯޓީ ނިންމި އޮފިސަރުންނާއި މިނިސްޓަރު ބައްދަލުކުރެއްވުން
ޓީއޯޓީ ޕްރޮގުރާމް ފުރިހަމަކުރި އޮފިސަރުންނާއި މިނިސްޓަރު އިމްރާން ބައްދަލުކުރައްވައިފި
ޔުނައިޓެޑް ނޭޝަންސް ސްޓޭންޑަޑް މިނިމަމް ރޫލްސް ފޯ ދި ޓްރީންޓްމަންޓް އޮފް ޕްރިޒަނަސް (ދި ނެލްސަން މަންޑޭލާ ރޫލްސް) ފޮތާ ގުޅޭ ތަމްރީން ފުރިހަމަކުރި ކަރެކްޝަންސްގެ އޮފިސަރުންނާއި މިނިސްޓަރު އިމްރާން ބައްދަލުކުރައްވައިފިއެވެ.

ނެލްސަން މަންޑޭލާ ރޫލްސްގެ، ޓްރެއިނިން އޮފް ދަ ޓްރެއިނާސް ޕްރޮގްރާމް ކަރެކްޝަންސްގެ 14 އޮފިސަރަކު ވަނީ ފުރިހަމަކޮށްފައެވެ. 

ހޯމް މިނިސްޓްރީގައި މިއަދު ބޭއްވުނު މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ވަނީ، މި ތަމްރީން ފުރިހަމަކުރުމުން އޮފިސަރުންނަށް މަރުހަބާ ދަންނަވާފައެވެ. އަދި މިއީ ވަރަށް މުހިންމު ތަމްރީނެއް ކަމަށާއި، މި ތަމްރީން ޕްރޮގުރާމުން ދަސްވި ކަންކަމުގެ އަލީގައި ކަރެކްޝަނަލް ސާވިސްގެ މަސައްކަތްތައް ހަރުދަނާވެގެންދާނެކަމަށް އުންމީދުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނެލްސަން މަންޑޭލާ ރޫލްސްގެ ޓީއޯޓީ ޕްރޮގުރާމް ކުރިއަށްގެން ގެންގޮސްފައިވަނީ، މިމަހުގެ 15 އިން 17 އަށް ވާޗުއަލްކޮށެވެ. މި ޓްރެއިނިން ޕްރޮގުރާމް ފުރިހަމަކުރި 14 އޮފިސަރުންނަކީ މިއަހަރުގެ ސެޕްޓެންބަރު މަހު ބޭއްވުނު ނެލްސަން މަންޑޭލާ ރޫލްސް ފޮތާ ގުޅޭ ފުރަތަމަ ތަމްރީން ފުރިހަމަކުރި އޮފިސަރުންގެ ތެރޭގައި ހިމެނޭ 14 އޮފިސަރުންނެވެ. 

މި ތަމްރީން ޕްރޮގުރާމްގައި، ބައިނަލްއަގްވާމީ މިންގަނޑުތަކަށާއި މުއާހަދާތަކާއި އެއްގޮތަށް ގައިދީންނާއި ބަންދުގައި ތިބޭ މީހުންނާ މެދު އަމަލުކުރަންޖެހޭ ގޮތުގެ އުސޫލުތަކާއި ހައްގުތަކާއި ގުޅޭގޮތުން ވަނީ މައުލޫމާތު ދީފަފައެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ހޯމް މިނިސްޓްރީ އާއި ޔޫއެންއޯޑީސީ އާއި ގުޅިގެންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް