ads
ކޮވިޑް-19
ރާއްޖެއިން އިތުރު 35 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
ރާއްޖެއިން އިތުރު 35 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ، ފައިތުވި 24 ގަޑީރުގެ ތެރޭގައި ޓެސްޓުކުރި 1،728 ސާމަޕަލްގެ ތެރެއިން ޕޮޒިޓިވް ވެފައިވަނީ 35 މީހުން ކަމަށެވެ. 

އެޗްއީއޯސީން ބުނީ މިއަދު ޕޮޒިޓިވްވި 35 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 28 މީހުންނާއި އަތޮޅުތެރޭގެ ތައްތަކުން ޕޮޒިޓިވްވި 3 މީހުންނާއި އަދި ރިސޯޓްތަކުން ޕޮޒިޓިވްވި 4 މީހުންކަމަށެވެ. 

މިއާއިއެކު ރައްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 12،889 އަށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދު 1,119 އުޅޭއިރު އޭގެތެރެއިން 95 މީހަކަށް އަންނަނީ ހޮސްޕިޓަލް ތަކުގައި ފަރުވާދެމުންނެވެ. 

ރާއްޖެއިން މިހާތަނަށް ބަލިން ރަނގަޅުވެފައި ވަނީ 11،717 މީހުންނެވެ. މިހާތަނަށް މިބަލީގައި ރާއްޖެއިން 46 މީހަކު ވަނީ މަރުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް