ads
ފޮޓޯ: ބީއެމްއެލް
ކުޑަކުދިންގެ ހިޔާގެ ކޮމްޕިއުޓަރު ލެބަށް ބީއެމްއެލުން އެހީ ފޯރުކޮށްދީފި
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ދިރިއުޅޭ ކުޑަކުދިންގެ ހިޔާގެ ކޮމްޕިއުޓަރު ލެބަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އެގޮތުން ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއަށް ބީއެމްއެލުން ވަނީ ހިޔާގައި ތިބޭ ކުދިންގެ ކިޔެވުން ވާޗުއަލްކޮށް ކުރިއަށް ގެންދިޔުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ފަސް ކޮމްޕިއުޓަރު ސިސްޓަމް ހަދިޔާކޮށް ފައެވެ. 

ބީއެމްއެލުން ބުނީ މިދުވަސްކޮޅު ހުރިހާ ކުދިންވެސް އެކުދިންގެ ކިޔެވުން ކުރިއަށް ގެންދަނީ ވާޗުއަލްކޮށް ކަމަށްވުމުން ހިޔާގައި ތިބި ކުޑަކުދިން ވެސް އެކުދިންގެ ކިޔެވުން މިހާލަތުގައި ހުއްޓާނުލާ ކުރިއަށް ގެންދިޔުމަށްޓަކައި ބޭނުންވާ އެހީތެރިކަން އެކުންފުނިން ފޯރުކޮށްދޭނެ ކަމަށެވެ. 

އެގޮތުން އެ އެހީތެރިކަމުގެ ސަބަބުން އެކުދިންގެ ކިޔެވުމަށް އިތުރު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް އުންމީދުކުރާކަމަށް އެ ކުންފުނިން ބުނެއެވެ.

ވަރަށް ފަހުން ދިރާގުންވެސް ވަނީ ކުޑަކުދިންގެ ހިޔާގެ ކޮމްޕިއުޓަރު ލެބަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ދިރާގުން ވަނީ 23 ކޮމްޕިއުޓަރު ޑެސްކާއި ފަސް ކޮމްޕިއުޓަރު ސިސްޓަމްގެ އިތުރުން 100 އެމްގެ ދިރާގު ފައިބާ އިންޓަނެޓް ކަނެކްޝަން ފޯރުކޮށްދީފަ އެވެ. އޭގެ އިތުރުން ދިރާގު ޓީވީ ކަނެކްޝަން ވެސް އެތަނަށް ވަނީ ފޯރުކޮށްދީފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް