ads
މީގެ ކުރިން ވީއޯސީ އިން އިސްނަގައިގެން ބޭއްވި މުޒާހަރާގެ ތެރެއިން--- ފޮޓޯ: ސީއެންއެމް
ރުގްޔާގެ ނަމުގައި އަނިޔާދިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި
މެދު ރާއްޖެ ތެރޭގެ ރަށެއްގައި މަންމައަކާއި އޭނާގެ ތިން ދަރިންނަށް ރުގްޔާގެ ނަމުގައި ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން ހައްޔަރުކުރި އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

މެދު ރާއްޖެ ތެރޭގެ ރަށެއްގައި އަންހެނަކާއި އޭނާގެ ތިން ދަރިންނަށް ޖިސްމާނީ އަނިޔާކޮށް އަންހެން މީހާ އާއި އޭނާގެ ދަރިފުޅަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން ދެ މީހަކު މިހާތަނަށް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާއިރު އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފަ އެވެ. 

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި 24 އަހަރުގެ މީހާގެ ބަންދަށް ދީފައި ވަނީ 15 ދުވަސް ކަމަށާއި އަދި 39 އަހަރުގެ މީހާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ކަމަށެވެ.

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނީ އަންހެން މީހާގެ ފިރިމީހާ ކަމަށް ވެ އެވެ. އަދި ރުގްޔާ ކުރި މީހާގެ ބަންދުގެ މުއްދަތަށް ދިނީ 15 ދުވަހެވެ.

ފުލުހުން ވަނީ އެފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެެއް ކަމަށާއި އެފަދަ މައްސަލަތަކަށް ސަމާލުވެ ތިބުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ކުޑަކުދިންނާއި ގުޅޭ އެފަދަ މައްސަލަތައް ޖެންޑާ މިނިސްޓްރީއަށް ނުވަތަ ފުލުހުންނަށް ރިޕޯޓްކުރަން އިލްތިމާސްކޮށްފަ އެވެ.

ރުގްޔާގެ ނަމުގައި އަންހެން މީހާ އާއި އޭނާގެ ދަރިންނަށް އަނިޔާކުރި މީހުން ހައްޔަރުކުރިއިރު އެކަމުގެ ޝިކާރައަކަށްވި އާއިލާއިން މައުލޫމާތުދޭ ގޮތުގައި ތިން މަސް ދުވަސް ވަންދެން އެމީހުން ބަންދުކޮށްގެން ތަފާތު އަނިޔާތައް ދިނެވެ. އަދި ދަރިން ސްކޫލަށް ވެސް ނުފޮނުވާ ގެންގުޅުނުއިރު އެ މައްސަލަ އެޑިއުކޭޝަން މިނިސްޓްރީން ވެސް ބަލަމުން އަންނަކަމަށް ވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް